ރަމަޟާން މަހުވެސް ކުށެއް ނެތް ޢާންމުން ރަޙީނުކޮށް މަރަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
ރަމަޟާން މަހުވެސް ކުށެއް ނެތް ޢާންމުން ރަޙީނުކޮށް މަރަނީ
އަފްޣާނިސްޔާނުގެ ޠާލިބާނުން ހައިވޭމަތިން ދަތުރުކުރި 40 އަށްވުރެ ގިނަ އާންމުން އިއްޔެވެސް ރަހީނުކޮށްފިއެވެ. 7 މީހަކު ޠާލިބާނުންނަށްވުރެ ހުޝިޔާރުވެ ވަނީ ފިލައިފައެވެ.

މިދިއަ ހަފްތާގައިވެސް ޠާލިބާނުން ވަނީ އެތައް ބައިވަރު ޢާންމުން ރަހީނުކޮށްފައެވެ. އެއިގެ ތެރެއިން 12 މީހަކު މެރުމަށްފަހު ހަށިތައް ވަނީ އުކައިލައިފައެވެ.

އިސްލާމް ދީނުގެ ނަމުގައި ނުކުމެ ޓެރަރިޒަމްގެ އަމަލުތައް ހިންގުން އިތުރުވަމުންދާއިރު ބަރަކާތްތެރި ރަމަޟާން މަސް ވެސް ވެފައިމިވަނީ ބިރުވެރި މަހަކަށެވެ. މުސްލިމުންނަށް ނުރައްކާތެރި މަހަކަށެވެ. ފުރާނަ އަތަށް ލައިގެން މަގުމައްޗަށް ނުކުންނަންޖެހިފައިވާ މަހަކަށެވެ.

ޠާލިބާނުން ބުނަނީ އެމީހުން މަސައްކަތްކުރަނީ ބަސްތަކުގައި ދަތުރުކުރާ ސަލާމަތީ ބާރުތަކުގެ މީހުން އަތުލައިގަންނަން ކަމަށެވެ. ނަމަވެސް ހައްޔަރުކުރާތަން މިފެންނަނީ ޢާންމު ރައްޔިތުންނެވެ. މަރަމުން ގެންދަނީ އާންމު ރައްޔިތުންނެވެ.
މިއަދު އޮންލައިން