އަންހެން ދަރިފުޅު ބޭނުން މީހާ އާއި ކައިވެނިކުރުމުން މަންމަގެ އަތުން އަލިފާންރޯކޮށް ދަރިފުޅު އަންދާލައިފިއެވެ.
ބުދަ ދުވަހު ޕާކިސްތާނުގެ ލާހޯރުގައި ހިންގި މިހާދިސާގައި އުމުރުން 16 އަހަރުގެ ޒީނަތު ބީބީގެ ގައިގައި އަލިފާން ރޯކުރީ އޭނާގެ މަންމަ ޕަރްވީން ބީބީއެވެ. އަލިފާން ރޯކޮށް އަންދައިލުމަށްފަހު މަގުމައްޗަށް ނުކުމެ ފަޚުރުވެރިކަމާއިއެކު މޭގައި ޖަހަމުން ގޮވީ މީސްތަކުންނޭވެ. އަހަރެންގެ ދަރިފުޅު ކުރި ކުށަށާއި އާއިލާގެ އަބުރު ނަގައިލުމަށް އަހަރެންގެ ދަރިފުޅު މަރައިފީމެވެ.
ފުލުހުން ބުނީ ބުދަ ދުވަހު މިހާދިސާ ހިނގާފައިވީނަމަވެސް އަންހެންކުއްޖާގެ އާއިލާއިން އެއްވެސް މީހަކު އަންދާލައިފައިވާ ހަށިގަނޑު ބަލައި ނައުމުން އެނާގެ ފިރިމީހާގެ އާއިލާއިން ބުރާސްފަތިވިލެރޭ ފަތިހު ހަށިގަނޑު ގެންގޮސް ވަޅުލާފައިވާ ކަމަށެވެ. އަދި އެހައި ފަތިހާ ވަޅުވީ އެކަން އެނގިގެން އެކްޓިވިސްޓުން އައިސް ކުރިމަތިކުރުވާނެ މައްސަލަތަކުން ސަލާމަތްވުމަށް ކަމަށެވެ.
ފިރިމީހާ، އުމުރުން 20 އަަހަރުގެ ޙަސަން ޚާން ބުނީ އަނބިމީހާ އާއިލީގެއަށް ފޮނުވީ ހިތްހަމަޖެހިގެން ނޫން ކަމަށާއި ނަމަވެސް އެއްވެސް އަނިޔާއެއް ނުކުރާނެ ކަމުގެ ޔަޤީންކަން ދިނުމުން ފޮނުވީ ކަމަށެވެ.
އަންހެން ކުއްޖާގެ އާއިލީން ވަނީ ގެ ތަޅުލައި ގެ ދޫކޮށް ގޮސްފައެވެ. އެހެންކަމުން ތައުޒިޔާ ކިޔަން އައި އެއްވެސް މީހަކާއި ޢާއިލާގެ މީހަކާއި ބައްދަލެއް ނުވެއެވެ.
އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ކޮންމެ އަހަރަކުވެސް އެތައް ސަތޭކަ އަންހެން ކުދިން ޕާކިސްތާނުގައި މަރައެވެ. ނަމަވެސް މަންމައަކު މިފަދަ އަނިޔާވެރި ގޮތަކަށް އަމަލުކުރުމަކީ ޢާންމު ކަމެއް ނޫނެވެ.
ޙަސަން ޚާން މިހާރު ވަނީ މައްސަލަ ފުލުހުންނަށް ހުށަހަޅައިފައެވެ. މަންމަ މިހާރު ވަނީ ފުލުހުންގެ ބެލުމުގެދަށުގައެވެ.