އިޓަލީގެ އަންހެނެއް ކަމަށްވާ އުމުރުން 101 އަހަރުގެ އަނަޓޯލިއާ ވަރޓަޑެއްލާއަށް 9 ރާތާ (4.08 ކިލޯ) ބަރުދަން ހުރި ދުޅަހެޔޮ ދަރިއަކު ލިބިއްޖެއެވެ.
އޭނާއަށް ދަރިއަކު ލިބުނީ އޯވަރީ ޓްރާންސްޕްލާންޓް ކޮށްގެންނެވެ. އީޔޫގެ ޤައުމުތަކުގެ ތެރެއިން އޯވަރީ ޓްރާންސްޕްލާންޓް ކުރުން ހުއްދަ ހަމައެކަނި ޤައުމަކީ ތުރުކީ ކަމަށްވާތީ މިކަން ކޮށްފައިވަނީ ތުރުކީގެ އަމިއްލަ ކްލިނިކެއްގައެވެ. ނަމަވެސް އެއީ ކޮން ކްލިނިކެއްކަން ބުނާކަށް އޭނާއަށް ބޭނުމެއް ނުވެއެވެ.
"އަހަރެންގެ އޮޕަރެޝަން ކޮށްދިން ޑޮކްޓަރުންގެ ޓީމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. މިއީ އަހަރެންގެ 17 ވަނަ ދަރިފުޅު. މިކަމުން ވެސް އެނގިގެންދަނީ އިލާހީ ކުޅަދުންވަންތަކަން. މިއީ ހަޤީޤީ ރަހްމަތްފުޅެއް."
"އަހަރެންގެ އުމުރުން 48 އަހަރުގަ ކަލާނގެ މަތިން ފޫހުވި. 16 ވަނަ ދަރިފުޅަށް ބަލިވެ އިންދާ ރަޙިމަށް ކެންސަރު ޖެހުނީ. ދެން ހިތަށް އެރީ 16 ދަރިން ލިބުނީމާ ކަލާނގެ ކޯފާވީއޭ. އެކަމަކު ނިކަން ބަލާބަލަ. އެދެއްވީނު 17 ވަނަ ދަރިފުޅު."
ބުނެވޭ ގޮތުން އަންހެންމީހާގެ ފިރިމީހާ ވަނީ 1998 ވަނަ އަހަރު މަރުވެފައެވެ. ދަރިފުޅު ރަހިމުގައި އަށަގެންނެވުމަށް ޑޮކްޓަރުން ބޭނުންކޮށްފައިވަނީ އެއީ ކާކުކަން ނުއެނގޭ ފިރިހެނެއްގެ ސްޕަރމްއެކެވެ.
އެހެންކަމުން ކުއްޖާގެ ބައްޕައަކީ ކާކުކަން ހޯދަން އޭނާ ކުރި މަސައްކަތުން އެއީ 26 އަހަރުގެ ޒުވާނެއްކަން ވަނީ އެނގިފައެވެ. އޭނާ މިހާރު ބޭނުންވަނީ ކުއްޖާ އާއި އެއްވެސް ގުޅުމެއް ނުބޭއްވި ނަމަވެސް ބައްޕަގެ ނަމުން ނަން ކިޔާށެވެ. ނަމަވެސް މިއީ ސަލީބީންގެ މެދުގައިވެސް ކުށެކެވެ. ފާފަވެރިވާ ކަމެކެވެ.
އަންހެން މީހާ ބުނީ ފިރިމިހާއަށް ބޭވަފާތެރި ނުވުމަށް ވައުދުވެފައިވާނެ ކަމަށާއި އަދިވެސް އޭނާ ހުރީ އެ ވައުދުގެ މަތީގައި ކަމަށެވެ. އެނާގެ ހަމައެކަނި ބޭނުމަކީ ހެޔޮލަފާ ދަރިއަކު ހޯދުން ކަމަށެވެ.
ޑޮކްޓަރުން ބުނާގޮތުން އޭނާގެ ޞިއްހަތު ހަމަ ރަނގަޅެވެ. ދަރިފުޅާއިއެކު އަހަރުތަކެއްވަންދެން އުޅެވޭނެ ޞިއްޙަތު އެބަހުއްޓެވެ.
ދޮށީ އުމުރުގައި ކުދިން ލިބުން:
1839 ވަނަ އަހަރު އުފަންވި އެފްރިކާގެ އަންހެނަކަށް އެނާގެ 92 ވަނަ އުފަންދުވަސް ފާހަގަކުރިތާ 3 ދުވަސް ފަހުން 3 އޮކޓޯބަރު 1031 ގައި އެއްމާބަނޑު ދެކުދިން ވަނީ ލިބިފައެވެ. އެއްވެސް ސަރޖަރީއަކާއި ނުލައެވެ.
ﷲގެ މަތިވެރިކަމާއި ކުޅަދުންވަންތަކަމުގެ މުއުޖިޒާތްތައް އަބަދުވެސް ދަނީ ފެންނަމުންނެވެ.