ނިގޫލީ ކުއްޖާގެ ނިގޫ ކަނޑައިލުމުންވެސް ނިގޫ ފަޅަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ނިގޫލީ ކުއްޖާގެ ނިގޫ ކަނޑައިލުމުންވެސް ނިގޫ ފަޅަނީ
ޗައިނާއަށް އުފަން ޔާންގ ޔާންގ އުފަންވީ 15 ސެންޓިމީޓަރުގެ ނިގުލަކާއިއެކުގައެވެ. ޑޮކްޓަރުންގެ ފަރާތުންވެސް މިފަދަ ކަމަކަށް އިޝަރާތްކޮށްފައި ނެތުމުން މިކަން ވެގެންދިއައީ ޢާއިލާއަށް ލިބުނު ކުއްލި ޙައިރާން ކަމަކަށެވެ.

ޢާއިލާއިން އެ ސޮރަށް ނަން ދިނީ "ކުޑަކުޑަ ރާމާމަކުނު"ގެ ނަމުންނެވެ. ޢާއިލާ އިން ބޭނުންވީ އެ ގޮތަށް ބަހައްޓައިގެން ދަރިފުޅު ބޮޑުކުރުމަށެވެ. ނަމަވެސް ކުއްޖާ ބޮޑުވެ ބާރު ހިނގާވަރުވުމުން ޢާއިލާ އާއި ދެކޮޅަށް އެއްފަހަރު ނިގޫ ކަނޑާލައިފިއެވެ. އެހެން ކުދިން ފަދައިން ދިރިއުޅުމަށެވެ.

ނިގޫ ކަނޑައިލުމުން ވެސް ދުވަސްކޮޅެއް ފަހުން މިހާރު ވަނީ ނިގުލެއް އުފެދެން ފަށައިފައެވެ. ޑޮކްޓަރުން ބުނަނީ މިކަމުގެ ސަބަބުން ކުއްޖާއަށް އެއްވެސް ޞިއްޙި ނުރައްކަލެއް ނެތް ކަމަށެވެ.

ކުއްޖާގެ މާމަ ބުނަނީ ނިގޫ ދިގުކޮށްފިނަމަ އެއިގެ ބޭނުންކޮށްގެން ވަރަށް ގިނަ ލާރި އެކުއްޖާއަށް ހޯދޭނެ ކަމަށެވެ.

މިއަދު އޮންލައިން