އިންޑިއާގެ ކިޔަވާ ކުދިންގެ ނިޞްބަތް 30% މަތިވެ މުސްލިމް އަންހެން ކުދިންގެ ނިޞްބަތް 53 އަށް އިތުރުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
އިންޑިއާގެ ކިޔަވާ ކުދިންގެ ނިޞްބަތް 30% މަތިވެ މުސްލިމް އަންހެން ކުދިންގެ ނިޞްބަތް 53 އަށް އިތުރުވެއްޖެ
2001 އިން 2011 އަށް ބަލާއިރު އިންޑިއާގައި ކިޔަވާ ކުދިންގެ ނިޞްބަތް 30 އިންސައްތަ މަތިވެއްޖެއެވެ.

މި ތަފާތު ފެނިފައިވަނީ އުމުރުން 5 އަހަރާއި 19 އަހަރާއި ދެމެދުގެ ދަރިވަރުންގެ މެދުގައެވެ. މިއަދަދުގެ 44 އިންސައްތަ މުސްލިމް ދަރިވަރުންގެ މެދުގައި ވަނީ އުފުލިފައެވެ. އަދި މިނިސްބަތުގައި ހިމެނޭ މުސްލިމް ދަރިވަރުންގެ ތެރޭގައި 53 އިންސައްތަ އުފުލިފައިވަނީ މުސްލިމް އަންހެން ކުދިންކަން ވަނީ ފާހަގަކުރެވިފައެވެ.

މުޅި އިންޑިއާއަށް ބަލާއިރު އެންމެ ގިނައީ އާބަދީގައިވެސް އެންމެ ގިނަ ހިންދީ ދަރިވަރުންނެވެ. ދެވަނައަށް އެންމެ ގިނައީ ކްރިސްޓިއަން ދަރިވަރުންނެވެ.

އެހެންކަމުން މުސްލިމް ދަރިވަރުންގެ އަދަދު މިފަދަ ނިޞްބަތަކުން އިތުރުވުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.
މިއަދު އޮންލައިން