ތިންފަށް ވަރިން ވަރިކުރާ މައްސަލަ ސްޕްރީމް ކޯޓަށް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ތިންފަށް ވަރިން ވަރިކުރާ މައްސަލަ ސްޕްރީމް ކޯޓަށް
އިންޑިއާގައި ތިންފަށް ވަރިން ވަރިކުރާ މައްސަލަ އަންހެނުންތަކެއް ގުޅިގެން ސްޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

މިކަމުގައި އިސް ޙަރަކާތްތެރިއެއްކަމަށްވާ ޝަޔާރާ ބާނޫ ބުނީ ވަރިކުރުމުގެ ބާރު ﷲ ފިރިހެނުންނަށް ދެއްވަވާފައި އޮތުމުން ވަރިކުރި ނަމަވެސް ތިންފަށްވަރިން ވަރިކުރަން ނުޖެހޭ ކަމަށެވެ.

"ޠަލާޤް، ޠަލާޤް. ޠަލާޤް. 3 ފަހަރަށް ލިޔެލައިފަ ވަރީގެ ސިޓީ ފުރަތަމަ ޢާންމުކުރަނީ ފޭސް ބުކުގަ. ނޫނީ ވަޓްސްއަޕް ފަދަ ސޯޝަލް މީޑިއާއެއްގަ. ޢާއިލާއަށް އަސްލު ލިޔުން ލިބެނީވެސް މާފަހުން." ޝަޔާރާ ބުނެފައިވެއެވެ.

އިންޑިއާގެ ފިރިހެނުން މިފަދަ ގޮތްގޮތަށް އަމަލުތައް ކުރަނީ އަނބިންނާއިމެދު ހިތްހަމަނުޖެހުމުން އަނބިންގެ އަގުވައްޓައިލުމަށެވެ. ނަމަވެސް މިފަދަ ކަންކަން ކުރުމުން ބޮޑަށް ވެއްެޓިގެންދަނީ ފިރިހެން މީހާގެ އަގުކަމަށް މިހާރު ވަނީ ބެލެވިފައެވެ.

އަޚީރާ ބުނީ މިފަދަ ގޮތެއް ނެތް އަމަލުތައް ކުރުމުން ހާމަވަނީ ފިރިހެނުންގެ ހާލު ކަމަށާއި ފިރިހެނުންގެ އަނިޔާވެރިކަން ކަމަށެވެ. އެހެންކަމުން އެފަދަ ފިރިހެނުންގެ ނަންތަކާއި ފޮޓޯ ހާމަކުރުމަށްޓަކައި ޚާއްޞަ ވެބްސައިޓެއް ހަދަމުން ގެންދާ ކަމަށްވެސް އަޚީރާ ވަނީ ބުނެފައެވެ.
މިއަދު އޮންލައިން