ޗައިނާގެ ވިޔަފަރީގެ މައި ސްޓޭޓް، ޝަންހާއީގެ ޕުންޑިންގ އެއާޕޯޓުގައި ކުޑަ ބޮމެއް ގޮއްވާލައިފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ގޭގައި ހަދާފައިވާ މި ބޮން ގޮއްވައިލީ ޗައިނާ ގަޑިން މިއަދު މެންދުރުފަހު 30؛2 ހައިއިރު އެވެ. އަދި މިހާދިސާގައި 3 މީހަކަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައި ނަމަވެސް އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައެއް ނުވެއެވެ.
ބޮން ގޮއްވައިލި ވަގުތަކީ ޓަރމިނަލް 2 ގައި އެންމެ މީހުން ގިނަވި ވަގުތެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޗައިނާ އިން ބުނެފައިވަނީ މައްސަލަ ތަޙްޤިޤްކުރަމުން ގެންދާ ކަމަށާއި އެއީ ކޮން ބައަކު ކޮން ބޭނުމަކު ކުރިކަމެއްކަން އަދި އެނގެން ނެތްކަމަށެވެ.