"ގޮލް ރޮޓި" އެއް ފިހެނުދީގެން ބައްޕައަކު 12 އަހަރުގެ އަންހެން ދަރިފުޅު މަރާލައިފިއެވެ.
ޕާކިސްތާނުގެ ނިޔު އަނާރުކަލީ ސަރަހައްދުގައި ހިންގި މިހާދިސާގައި އަންހެން ކުއްޖާ މަރައިލީ ބައްޕަ ޚާލިދު އާއި އޭނާގެ ފިރިހެން ދަރިފުޅުވެގެންނެވެ. އަންހެން ދަރި މަރައިލީ ތަލައި އަނިޔާކުރަމުން ގޮހެވެ.
މަރުވުމުން ވަޅުގަނޑަކަށް ފެއްތުމަށްފަހު ފުލުހުންނަށް ރިޕޯޓްކުރީ އަންހެން ދަރިފުޅު ގެއްލިއްޖެ ކަމަށް ބުނެއެވެ. ނަމަވެސް ފުލުހުންގެ ތަޙްޤީޤްގައި ދެ ބަފައިން ވަނީ ކަމުގެ ހަޤިޤަތް ކިޔައިދީފައެވެ.
ފުލުހުންނަށް މައުލުމާތުދެމުން އަވަށްޓެރިން ބުނެފައިވަނީ ޚާލިދަކީ އޭނާގެ އަނބިދަރިން ގައިގައި ތަޅައި އަނިޔާކުރުމަށް ދެވިހިފާފައި ހުރި މީހެއް ކަމަށެވެ.