ޓީވީތަރި ރޮހިތް ރޯއި ޢާއިލާ އާއިއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
ޓީވީތަރި ރޮހިތް ރޯއި ޢާއިލާ އާއިއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަނީ
އިންޑިއާގެ ޓީވީތަރި ރޮހިތް ރޯއި އޭނާގެ އަންހެނުން މަންސި ޖިޝީ ރޯއި އަދި ކިއާރާ ބޯސް ރޯއި އާއިއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަގެންދެއެވެ.



ރާއްޖެއައުމަށްފަހު ރޮހިތް މިހާރުވެސް ވަނީ ގިނަ އަދަދެއްގެ ފޮޓޯތައް ނަގައި ސޯޝަލް މީޑިއާގައި ޢާންމުކޮށްފައެވެ.



ބެންގާލީ ހިންދީ ޢައިލާއަށް ނިޞްބަތްވާ ރޮހިތް ގެ ބޭބެ ރޮނިތް ރޯއި އަކީ ވެސް މަޝްހޫރު ފިލްމީ ތަރިއެކެވެ.



އިންޑިއާގެ ތަރިންގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން އަންނަނީ އިތުރުވަމުންނެވެ. މިއަހަރުގެ މިހައިތަނަށް ބެލި ނަމަވެސް ގިނަ އަދަދެއްގެ ތަރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
މިއަދު އޮންލައިން