އުތުރު ކޮރެއާގެ ހެކަރުން ދެކުނު ކޮރެއާގެ ދިފާޢީ ފައިލްތަކަކާއި ކޮރެއަން އެއާރގެ ގިނަ ފައިލްތަކެއް ވަގަށް ނަގައިފިއެވެ.
މިގޮތުން ދެކުނު ކޮރެއާގެ 16 ސަރވަރަކުން 32،000 އަށްވުރެ ގިނަ މުހިންމު ފައިލްތައް ވަނީ ވަގަށް ނަގައިފައެވެ.
ވަގަށް ނަގާފައިވާ ލިޔުންތަކުގެ ތެރޭގައި ދެކުނު ކޮރެއާގެ ދިފާއީ ގިނަ މައުލޫމާތާއި ކުރަން ކުރިއަށް ރާވާފައި ހުރި ގިނަ ކަންތައްތަކެއްގެ މައުލޫމާތުވެސް ހިމެނެއެވެ.
ދެކުނު ކޮރެއާ އިން މިހާރު ވަނީ މިކަން ހިނގާފައިވާކަން ކަށަވަރުކޮށްދީފައެވެ. ދެކުނު ކޮރެއާގެ ފުލުހުން ބުނީ ވަގަށް ނަގާފައިވާ ފައިލްތައް ރިކަވަރ ކުރުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
އުތުރު ކޮރެއާގެ އަސްކަރިއްޔާގައި މިފަދަ ކަންކަމަށް ޤާބިލު 1000 އަށްވުރެ ގިނަ ހެކަރުން އެބަތިބި ކަމަށް ބެލެވެއެވެ.