މުސްލިމަކު ނުވެސް ދަންނަ 16 އަހަރުގެ އަންހެން ކުއްޖަކު އިސްލާމްވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
މުސްލިމަކު ނުވެސް ދަންނަ 16 އަހަރުގެ އަންހެން ކުއްޖަކު އިސްލާމްވެއްޖެ
މުސްލިމަކު ނުވެސް ދަންނަ ފިންލޭންޑްގެ އަންހެން ކުއްޖަކު އިސްލާމް ވެއްޖެއެވެ.

އޭނާ ބުނީ އޭނާ އިސްލާމް ދީނަށް ޝައުޤުވެރިވީ އުމުރުން 14 ވަރަކަށް އަހަރުގައި ކަމަށެވެ. "ކޮންމެވެސް ވަރަކަށް އިސްލާމް ދީނުގެ މައުލޫމާތު ކިޔަވައިވެސް ދޭ. ދެން ވިސްނުނީ ހުރިހައި ގޮތަކުން ބެލި ނަމަވެސް ކްރިސްޓިއަން ދީނަށްވުރެ އިސްލާމް ދީން ފުރިހަމަކަން. ދިރިއުޅުމަށް ބޭނުންވާ ހުރިހައި ކަމެއް އިސްލާމް ދީނުގައި ބަޔާންވެގެންވާކަން."

އޭނާ ބުނީ އިސްލާމް ދީނަށް އަމަލުކުރާ އެއްވެސް މުސްލިމަކު އޭނާއަށް ނުވެސް އެނގޭ ކަމަށާއި އިތުރަށް މައުލޫމާތު ހޯދަން ކުރެވޭނެ ކަމެއް އެއިރު ނުވެސް ވިސްނުނު ކަމަށެވެ.

"ދެން އެހެން ހުއްޓާ އުމުރުން 16 އަހަރުގަ ވަދެވުނު ފޮތް ފިހާރައަކުން ފެނުނީ ކީރިތި ޤްރްއާން. ދެން އެ ފޮތް ގަނެގެން ގެންގޮސް ކިިޔައި ދަސްކުރީ. އެފޮތް ކިޔައި ނިމުނު އިރު އަހަރެން އެނގެން ބޭނުންވި ހުރިހައި ކަންކަން ވަނީ އެނގި ނިމިފައި. އެއީ އަހަރެން އެކަނި އުޅުނު ދުވަސްވަރެއް. އެހެންވީމާ ފޮތް ކިޔަން ވަރަށް ގިނަ ވަގުތު ވެސް ލިބުނު."

އޭނާ ބުނީ އެހިސާބުން ވެސް އުނދަނގޫވި ކަންތައްތަކެއް ހުރި ކަމަށެވެ. އެއީ ނަމާދުކުރަން ދަސްކުރުމާއި އެހެންވެސް މުހިންމު ކަންކަން ކުރަން ދަސްކުރުން ކަމަށެވެ.

"އުމުރުން 22 އަހަރުގަ އަހަރެން ދިއައީ ޔަމަނަށް. ޔަމަނުގެ އާއިލާއެއްގެ ގާތުން ނަމާދުކުރާށާއި އެހެންވެސް އަޅުކަންތައް ކުރަން ދަސްކުރީ."
އޭނާ ބުނީ އޭނާއަކީ މުސްލިމެއްކަން ދުނިޔެއަށް ޙާމަކުރީ ނަމާދުކުރުން ފަދަ ހުރިހައި ކަންކަން ދަސްކުރުމާއިއެކު އަމަލުކޮށް ތަޖުރިބާ ވެސް ކުރުމަށްފަހުގައި ކަމަށެވެ. އަދި މިހާރު އޭނާ އާއި ﷲ އާއި ދެމެދަށް ވަދެ ހުރަސް އެޅޭނެ އެކަކުވެސް ނުހުންނާނެ ކަމަށެވެ.

"އަހަރެންގެ އާއިލާ އާއި ރައްޓެހިން މިކަމުގައި އަހަރެންނާއި ވަރަށް ޚިޔާލު ތަފާތު. ނަމަވެސް އެ އެންމެންވެސް އަހަރެން، އަހަރެންގެ ގޮތުގައި ބަލައިގަނޭ. އެހެންވީމާ އިސްލާމް ދީނަށް އުޅުމަށް އެއްވެސް ހުރަހެއް ނެތް." ކަމަށްވެސް އޭނާ ބުނެއެވެ.

ވަަރަށް ޚާއްޞަ ކޯޓެއްގެ ގޮތުން ބުނީ ލޯބީގެ ގޮތުން ދުނިޔެމަތީގައި ގުޅެވޭ ގުޅެވުންތައް ވަކިވެ، ނެތި ރޫޅިގެން ހިނގައިދާ ކަށާއި ނަމަވެސް ﷲ އާއިމެދު އުފެދޭ ލޯބީގެ ގުޅުމަކީ ދާއިމީ ގުޅުމެއް ކަމަށާއި ވަކިކުރެވޭނެ ގުޅުމެއް ނޫން ކަމަށެވެ.

ޚަބަރާއި ގުޅުންހުރި ވީޑިއޯ:
މިއަދު އޮންލައިން