ދަރިފުޅަށާ އަނބިމީހާއަށް ޚަރަދުނުކުރާތީ 2.8 މިލިއަން ރިޔާލަ ދައްކަން ސައުދީ ކޯޓަކުން އަންގައިފިއެވެ.
އަންހެނަކު މިދިއަ އަހަރު ޢާއިލީ ސައިދީ ކޯޓަށް ހުށަހެޅި ހުށަހެޅުމަކާއި ގުޅިގެން ކޯޓުން ބެލިބެލުމުން އެނގުނީ ފިރިމީހާއަކީ މަހަކު 80،000 ރިޔާލަ ލިބޭ ފުދުންތެރިއެއް ކަމެވެ. އަދި ދެމަފިރިިންނަށް 1983 ވަނަ އަހަރު ދަރިއަކު ލިބުނުތާ ދާދި ކުޑަ ދުވަސްކޮޅެއް ތެރޭ ދެމައިންނަށް ޚަރަދުކުރުން ހުއްޓާލާފައިވާ ކަމަށެވެ.
ކޯޓުން ކުރި ޙުކުމުގައި ބުނެފައިވަނީ މައިމީހާއަށް 32 އަހަރުދުވަހަށް މަހަކަށް 4000 ރިޔާލައިގެ ރޭޓުން ފައިސާ ދޭންޖެހޭނެ ކަމަށެވެ. އަދި ދަރިފުޅަށް ވެސް 28 އަހަރުވަންދެން މަހަކު 4000 ރިޔާލައިގެ ރޭޓުން ފައިސާދޭންޖެހޭނެ ކަމަށާއި އެއިގެ ފަހުން މަހަކު 5000 ރިޔާލައިގެ ރޭޓުން ފައިސާ ދޭންޖެހޭނެކަމަށެވެ. އަދި ދެއީދާއި ގުޅިގެން ދޭ މަހު ފައިސާ ދެގުނަކުރަންޖެހޭނެ ކަމަށެވެ.
މިހުކުމާއި ގުޅިގެން ބައެއް ފަރާތްތަކުން ވަނީ އުމުރުން 32 އަހަރުވެފައިހުރި ފިރިހެން ދަރިއަކަށް ޚަރަދުކުރަން ޖެއްސި ސަބަބާއިމެދު ސުވާލު އުފައްދައިފައެވެ. ކޯޓުން ކުރި ޙުކުމުގައި މިކަމުގެ ތަފްޞީލު ދީފައެއް ނުވެއެވެ.
ބައެއް ފަރާތްތަކުން ލަފާކޮށްފައިވަނީ އެއީ ގިނަ އަހަރުތަކެއްވަންދެން ޚަރަދު ނުކުރުމުން އެކަމުގެ އަދަބެއްގެ ގޮތުން އިއްވާފައިވާ ޙުކުމެއް ކަމަށެވެ.