ބަނޑަށް 7 މަހުގެ އަންހެނަކު ސައުދީ އެއާލައިންގެ ފްލައިޓް މަތީގައި ވިހައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ބަނޑަށް 7 މަހުގެ އަންހެނަކު ސައުދީ އެއާލައިންގެ ފްލައިޓް މަތީގައި ވިހައިފި
ޖިއްދާއިން ނިޔުޔޯކަށް ދަތުރުކުރި ސައުދީ އެއާލައިންގެ ފްލައިޓަކުން ދަތުރުކުރި ބަނޑަށް 7 މަހުގެ އަންހެނަކު ފްލައިޓުމަތީގައި ވިހައިފިއެވެ.

އަންހެން މީހާ ވިހާފައިވަނީ ޖިއްދާ އިން ފުރައިގެން ދަތުރުކުރަމުންގޮސް އަޔަރލަންޑުގެމަތީގައި އޮއްވައެވެ. ޕައިލެޓަށް އެންމެ އަވަހަށް ކްލިއަރެންސް ލިބުނު އިނގިރޭސިވިލާތުގެ ހީތްރޯ އެއާޕޯޓަށް އިމަޖެންސީގައި ޖެއްސުމަށްފަހު އަންހެން މީހާ އާއި ދަރިފުޅު ވަނީ އިނގިރޭސިވިލާތަށް ބާލައިފައެވެ.

ޕައިލެޓް ބުނީ ބަނޑުގައި ރިއްސާ ވާހަކަ ބުނުމުން ހާސްކަމެއް ލިބުނު ކަމަށާއި ނަމަވެސް ފްލައިޓުގައި ތިބި ސްޓްވާޑުން ދައްކައިދިނީ އެމީހުންނަކީ ފޫޅޫމައިންތަކެއްކަން ކަމަށެވެ.

ޖިއްދާއިން ފުރައިގެން ފިލިޕިންސްއަށް ދަތުރުކުރި ސައުދީ އެއާލައިންގެ ފްލައިޓެއްގައިވެސް ދާދިފަހުން މިފަދަ ހާދިސާއެއް ހިނގުމުން ވަނީ އިމަރޖެންސީކޮށް އިންޑިއާއަށް ޖައްސައިފައެވެ.
މިއަދު އޮންލައިން