ވެށްޓުނު މިޞުރުގެ ފްލައިޓުގެ ކަޅުފޮށި ފެނިއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ވެށްޓުނު މިޞުރުގެ ފްލައިޓުގެ ކަޅުފޮށި ފެނިއްޖެ
ފްރާންސުން ފުރައިގެން އަންނަނިކޮށް މެޑިޓޭރިއަން ކަނޑަށް ވެށްޓުނު މިޞުރު އެއާލައިންސްގެ ކަޅު ފޮށި ފެނިއްޖެއެވެ. ފޮށި ހޯދާފައިވަނީ މިކަމަށް ބޭނުންކުރި މޯރިޝަސްގެ މިފަދަ މަސައްކަތްތަކަށް ޚާއްޞަ އުޅަނދަކުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން ފެނުބު ކަޅު ފޮށި ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި ނަމަވެސް ބޭނުންވާ މައުލޫމާތު ނުހޯދޭވަރަށް ހަލާކުވެފައި ނެތުމުން މައުލޫމާތު ހޯދޭނެއެވެ.

އިތުރު ދެ އުޅަނދަކުން ގެންދަނީ ދެވަނަ ކަޅުފޮށި ޙޯދުމުގެ މަސައްކަތް ކުރަމުންނެވެ. ފްލައިޓުގެ ޑާޓާތައް ރެކޯޑު ކުރެވިފައިވާނީ އަދި ނުފެނިވާ ދެވަނަ ކަޅުފޮށީގައެވެ. ކަޅުފޮށިތައް ނުފެނި ލަސްވަނީ ފްލައިޓުގެ ބައިތައް ހުރި ފުންކަމުންނެވެ. ފްލައިޓުގެ ބައިތައް ފެނިފައިވަނީ 2000 މީޓަރު އަޑިންނެވެ.

މިމަހުގެ 24 ވަނަ ދުވަހުގެ ކުރިން ނުފެނިއްޖެ ނަމަ ދެވަނަ ކަޅުފޮށީގައިވާ މައުލޫމާތު ނުހޯދޭނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ފްލައިޓު ވެށްޓެން މެދުވެރިވި ސަބަބު އެންމެ ބޮޑަށް މުހިންމުވަނީ ފްލައިޓު ވެށްޓުނީ ޓެކްނިކަލް މައްސަލައަކާއި ގުޅިގެންކަން ނުވަތަ ޓެރަރިސްޓް ހަމަލާއަކާއި ގުޅިގެންކަން ކަށަވަރު ކުރުމަށެވެ. ފްލައިޓު ވެށްޓުނު ސަބަބާއިމެދު ބޮޑެތި ބާރުތަކުން ގެންދަނީ ކަންބޮޑުވުން ފައުޅު ކުރަމުންނެވެ.
މިއަދު އޮންލައިން