އިގިރޭސި އިދިކޮޅު މަޖިލިސް މެންބަރަކަށް ހަމަލާދީ މަރާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
އިގިރޭސި އިދިކޮޅު މަޖިލިސް މެންބަރަކަށް ހަމަލާދީ މަރާލައިފި
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީކަމަށް ދައުވާކޮށް އެހެން ޤައުމުތަކަށް ޑިމޮކްރަސީ ދަސްކޮށްދޭން މަސައްކަތްކުރާ އިނގިރޭސިވިލާތުގެ ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެންބަރަކު މަރާލައިފިއެވެ.

ބެޓްލޭ އަދި ސްޕެން އަށް ނިޞްބަތްވާ މެންބަރު އުމުރުން 41 އަހަރުގެ ޖޯ ކޮކްސް މަރުވީ އޭނާގެ ގައަށް ވަޒަން ޖެހުމުގެ އިތުރުން ތޫނު އެއްޗަކުން ދިން ހަމަލާތަކާއި ގުޅިގެން ލޭމަނާ ނުވެއެވެ. ހަމަލާ ހުއްޓުވަން މަސައްކަތްކުރި އުމުރުން 77 އަހަރުގެ މީހަކަށްވެސް ވަނީ އެކިވަރުގެ އަނިޔާތަކެއް ލިބިފައެވެ.

މިހަމަލާ އާއި ގުޅިގެން 52 އަހަރުގެ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

އިދިކޮޅު ލޭބަރ ޕާޓީގެ ލީޑަރު ޖެރެމީ ކޯބީން ވިދާޅުވީ މި ބިރުވެރި ހަމަލާގެ ސަބަބުން މުޅި ޤައުމަށް ކުއްލި ޝޮކެއް ލިބިފައިވާ ކަމަށެވެ.
" ޖޯއަށް ހަމަލާދީ މަރައިލީ އޭނާގެ ޤާނޫނީ ވާޖިބު އަދާކުރުމުގެ މަސްއޫލިއްޔަތު އުފުލަމުންދަނިކޮށް. މިއީ ވަރަށް ނުރައްކާތެރި ކަމެއް."

ޖެރެމީ ވިދާޅުވީ ޖޯގެ ފިރިމީހާ އާއި ކުޑަ ދެދަރިން އެކަނިވީ ކަމަށާއި ޖޯ އާއިމެދު އެކުދިން އަބަދުވެސް ފަޚުރުވެރިވާނެ ކަމަށެވެ.

ޖޯއަށް ހަމަލާ ދިން މަންޒަރު ވަނީ ގިނަ ބައަކަށް ފެނިފައެވެ. މިހަމަލާ ދީފައިވަނީ މިއަދު މެންދުރެއްހާއިރު މަގުމަތިންނެވެ. ހަމަލާތަކާއި ގުޅިގެން ޖޯ ވަނީ ވަގުތުން މަރުވެގެން މަގުގެ ޕޭވްމަންޓަށް ވެށްޓިފައެވެ.
މިއަދު އޮންލައިން