ބޮލާ ދެ އަތްތިލަ ކަނޑާލުމަށްފަހު އެއްލާލާފައި އޮތް އަންހެނެއްގެ ހަށިގަނޑާއި ބެހޭ މައުލޫމާތު ހޯދަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
ބޮލާ ދެ އަތްތިލަ ކަނޑާލުމަށްފަހު އެއްލާލާފައި އޮތް އަންހެނެއްގެ ހަށިގަނޑާއި ބެހޭ މައުލޫމާތު ހޯދަނީ
ބޮލާ ދެ އަތްތިލަ ކަނޑައިލުމަށްފަހު މަގު މައްޗަށް އެއްލާލާފައި އޮތް އަންހެނެއްގެ ހަށިގަނޑާއި ބެހޭ މައުލޫމާތު ހޯދުމުގެ މަސައްކަތް ދުބާއީ ފުލުހުން ކުރަމުން އެބަ ގެންދެއެވެ.

ހަށިގަނޑު ފެނުނީ މަގުމަތި ކުނިކަހާމީހަކަށެވެ. އޭނާ ބުނީ މަދުވާ ގުނަވަންތައް އެ ސަރަހައްދުންނުފެނުނު ކަމަށެވެ. ފުލުހުންގެ މަސައްކަތްތަކުންވެސް އެ ގުނަވަންތައް އަދި ވަނީ ނުފެނިފައެވެ.

ފުލުހުން ބުނީ އިނގިލީގެ ނިޝާނެއްވެސް އަދި ނުފެންނަ ކަމަށެވެ. ނަމަވެސް އޭނާގެ ދަތްތައް ބޭނުންކޮށްގެން ކާކުކަން ދެނެގަތުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ.

ފުލުހުން ބުނީ އެއީ ކާކުކަން ދެނެގަނެވޭނެ އެއްވެސް އެއްޗެއް އެ ސަރަހައްދުގައި ނެތް ކަމަށެވެ. އަދި ޤަބޫލުކުރެވެނީ އެހެން ތަނެއްގައި އޭނާ މަރައިލުމަށްފަހު އެތަނަށް ގެންގޮސް ހަށިގަނޑު ބާއްވާފައި އޮތީ ކަމަށެވެ.

ފުލުހުން ވަނީ މިކަމުގައި އާންމުރައްޔިތުންގެ އެހީތެރިކަމަށް އެދިފައެވެ.
މިއަދު އޮންލައިން