މަގޭނަމަކީ ޚާއިނުންނަށް މަރު، އިނގިރޭސިވިލާތަށް މިނިވަންކަން: އިނރޭސި އެމްޕީ މަރައިލި މުޖުރިމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
މަގޭނަމަކީ ޚާއިނުންނަށް މަރު، އިނގިރޭސިވިލާތަށް މިނިވަންކަން: އިނރޭސި އެމްޕީ މަރައިލި މުޖުރިމް
މަގޭނަމަކީ ޚާއިނުންނަށް މަރު، އިނގިރޭސިވިލާތަށް މިނިވަންކަން ކަމަށް އިނރޭސި އެމްޕީ މަރައިލި މުޖުރިމް ތޯމަސް މާއިރު ކޯޓުގައި ބުނުން ފިޔަވައި ކޯޓުން މިއަދު ކުރި އެއްވެސް ސުވާލަކަށް އޭނާ ޖަވާބެއް ނުދިނެވެ.

އޭނާގެ ނަމާއި އެޑްރެހާއި އަދި އުމުރާއި ގުޅިގެން ކޯޓުން ކުރި އެއްވެސް ސުވާލަކަށް އޭނާ ޖަވާބެއް ނުދެއެވެ. ހަމަ ބުދެއް ފަދައިން ހަނުހުރީއެވެ.

އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމަރޫން ވަނީ ހުކުރު ދުވަހު ޖޯ ކޮކްސްގެ ގެއަށް ޒިޔާރަތްކޮށް ހިތާމައިގައި ބައިވެރިވެފައެވެ. ޖޯ ކޮކްސްގެ އާއިލާ ގާތު ކެމަރޫން ބުނީ މިމަރާއި ގުޅިގެން ޤައުމު ގުޑުވާލައިފި ކަމަށެވެ. ނަމަވެސް އޭނާގެ ސަރުކާރުގެ ދޯހަޅިކަމަށްޓަކައި މައާފަށް އެދިފައެއް ނުވެއެވެ.

ހޯމަ ދުވަހު ބާއްވާ ޕާލަމެންޓުގެ ޖަލްސާގައިވެސް މައިގަނޑު ގޮތެއްގައި ކުރިއަށް ގެންދާނީ ޖޯ ކޮކްސްއަށް ފާޑުކިޔުމާ ކެމަރޫންގެ ސަރުކާރުގެ ސިޔާސަތަށް "މަރުހަބާ ކިޔުން" ކަމަށް ބެލެވެއެވެ.
މިއަދު އޮންލައިން