މިޞުރުގެ އިންތިޚާބީ ރައީސް މޫރުސީ މެރުމަށް ދެވަނަ ޙުކުމް އިއްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
މިޞުރުގެ އިންތިޚާބީ ރައީސް މޫރުސީ މެރުމަށް ދެވަނަ ޙުކުމް އިއްވައިފި
މިޞުރުގެ ސިފައިން އެޤައުމުގެ ވެރިކަމުން ވަކިކޮށްފައިވާ މިޞުރުގެ އިންތިޚާބީ ރައީސް މޫރުސީއަށް މަރުގެ އަދަބު ދިނުމަށް މިޞުރުގެ ކޯޓަކުން މިއަދުވެސް ޙުކުމް އިއްވައިފިއެވެ. މިއީ މޫރުސީގެ މައްޗަށް އިއްވެ މިފަދަ ދެވަނަ ހުކުމެވެ،

ކޯޓުން ބުނީ މޫރުސީ މެރުމަށް މިއަދު ހުކުމް ކުރީ މިޞުރުގެ ސަލާމަތީ މައުލުމާތު ހިމެނޭ ލިޔުންތަކެއް ޤަތަރަށް ހާމަކޮށްފައިވާތީކަމަށެވެ. މި މައްސަލައިގައި މޫރުސީގެ އިތުރުން 5 މީހަކަށް ޙުކުމްކޮށްފައިވާއިރު އެއިގެ ތެރޭގައި އަލްޖަޒިރާގެ ނޫސްވެރިޔާ ވެސް ހިމެނެއެވެ. ނަމަވެސް އޭނާ މިހާރު މިޞުރުގައި ނެތުމުން ޙުކުމްކުރީ ޣައިރު ޙާޒިރުގައެވެ.

މީގެ ކުރިން މަރުގެ ޙުކުމް އިއްވީ ހަމާސަށާއި އީރާނަށް އަދި ހިޒްބުﷲ ޖަމާއަތަށް ޖާސޫސްކޮށްދިން ކަމަށް ބުނެއެވެ.

މުރުސީ ގެންގުޅުއްވި ސިޔާސަތުތަކުގެ ސަބަބުން މެދުއިރުމަތީގައި އެމެރިކާގެ ކަޅު ވިޔަފާރި ހުއްޓިދާނެކަމުގެ ބިރު އެމެރިކާއަށް އުފެދުން އެއީ މިޞުރުގެ ސިފައިންނަށް ރިޝްވަތުދީގެން މޫރުސީގެ ވެރިކަން ވައްޓައިލި މައިގަނޑު ސަބަބުކަމަށް ބެލެވެއެވެ.
މިއަދު އޮންލައިން