ސިންގާއެއްގެ އަނގައިން މަންމައަކު އޭނާގެ ދަރިފުޅު ދަމާނެރެ ސަލާމަތްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ސިންގާއެއްގެ އަނގައިން މަންމައަކު އޭނާގެ ދަރިފުޅު ދަމާނެރެ ސަލާމަތްކޮށްފި
އެމެރިކާގެ ކޮލޮރާޑޯގެެ މަންމައަކު ސިންގާއެއްގެ އަނގަތެރޭގައި އޮއްވާ އޭނާގެ ދަރިފުޅު ދަމާނެރެ ސަލާމަތްކޮށްފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ދެދަރިން ގޭގެ ބޭރު ސަރަހައްދުގައި ކުޅެން ތިއްބާ އެތަނަށް އައި ފަރުބަދަމަތީ ސިންގާއެއް އެތަނުން އެއް ކުއްޖަކު ކައިލަން މަސަކަތްކުރީއެވެ. އެވަގުތު އަނެއް ކުއްޖާ ބާރަށް ރޮއި އަޑުގަދަކުރަން ފެށުމުން މަންމަ ދުވެފައި އައިއިރު ކުއްޖާގެ ބޯ އޮތީ ސިންގާގެ އަނގައިގައެވެ.

ބިރެއްނެތި މަންމަ ސިންގާ އާއި ކުރިމަތިލައި އަނގަ ލެއްޕިއަ ނުދީ ހިފެހެއްޓީއެވެ. އަދި ކުއްޖާގެ ބޯ ސިންގާގެ އަނގަތެރެއިން ދަމައި ނެރުނީއެވެ.

ރިޕޯޓްތައް ބުނާ ގޮތުން މިސިންގާއަކީ އުމުރުން 2 އަހަރުގެ ސިންގާއެކެވެ. މަންމައަށް ކުރިމަތިލުމުގެ ފުރުޞަތު ލިބުނީ ސިންގާ ހެދިބޮޑުނުވާތީއެވެ.

މިހާދިސާގައި ކުއްޖާގެ ބޮލަށް ބޮޑެތި ފުން ޒަޚަމްތަކެއް ވަނީ ލިބިފައެވެ. އަދި މަންމައަށްވެސް ވަނީ އެކިވަރުގެ ޒަޚަމްތައް ލިބިފައެވެ. ތަފާތު 3 ހޮސްޕިޓަލަކަށް އިމަރޖެންސީ ހާލަތުގައި ގެންދެވި ކުއްޖާގެ ހާލަތު ވަނީ ޢާންމު ޙާލަތަކަށް ގެނެވިފައެވެ.

ކުއްޖާގެ ބައްޕައަށް ގެއަށް އާދެވުނީ ހާދިސާ ހިނގަމުންދަނިކޮށެވެ.

ޖަންގަލި ބަލަހައްޓާ މީހުން ކުރި މަސައްކަތުން ދެ ސިންގާ ހޯދައި ވަނީ މަރާލައިފައެވެ. ޖަންގަލި ބަލަހައްޓާ މީހުން ބުނީ އެ ދެ ސިންގާ ވެސް ނުކުމެފައިވާ ކަމަށާއި ނުކުތީ ބަނޑުހައިވެގެން ކަމަށެވެ. "ކާނެ އެއްޗެއް ހޯދަން ނުބައި ދިމާއަކަށް ނުކުމެވުނީ." ކަމަށެވެ.
މިއަދު އޮންލައިން