ފަލަސްޠީނުގެ މިނިވަންކަމަށް ކުރާ މަސައްކަތްތަކަށް ސައުދީގެ ފުރިހަމަ އެއްބާރުލުން ދޭނެ: ސަލްމާން ރަސްގެފާނު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ފަލަސްޠީނުގެ މިނިވަންކަމަށް ކުރާ މަސައްކަތްތަކަށް ސައުދީގެ ފުރިހަމަ އެއްބާރުލުން ދޭނެ: ސަލްމާން ރަސްގެފާނު
ފަލަސްޠީނުގެ މިނިވަންކަމަށް ފަލަސްޠީނުން ކުރާ މަސައްކަތްތަކަށް ސައުދީގެ ފުރިހަމަ އެއްބާރުލުން ސައުދިއަރަބިޔާއިން ދޭނެ ކަމުގެ ޔަޤީންކަން ސައުދީ ރަސްގެފާނު ސަލްމާން ބިންޢަބްދުލްޢަޒީޒް ތަކުރާރު ކުރައްވައިފިއެވެ.

ސަލްމާން ރަސްގެފާނު މިކަން ތަކުރާރުކުރެއްވެވީ ސައުދިއަރަބިޔާއަށް މިހާރު ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ ފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާސް އާއިއެކު ސަލްމާން ރަސްގެފާނުގެ ގަނޑުވަރުގައި މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މިބައްދަލުކުރެއްވުމުގައި ސަލްމާން ރަސްގެފާނު ވަނީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކުރުމުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ. އަދި ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރެވި ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ބޭނުންތެރިކަން ވެސް ފާހަގަކުރައްވައިފައެވެ.

ދެބޭފުޅުންގެ ބައްދަލުވުން މިއަދު ކުރިއަށް ގެންދަވާފައިވާއިރު އިޒްރޭލުން ފޭރިގެންފައިވާ އިރުމަތީ ޖެރޫސަލަމްގައި ޔަހޫދީންގެ އާބާދީ އިތުރު ކުރުމަށް ގެދޮރު އެޅުމުގެ ބިޔަ މަޝްރޫއެއް ހިންގަން ވަރަށް އަވަހަށް ފަށާނެކަން މިދިއަ ހަފްތާގައި އިޒްރޭލުން ވަނީ އިއުލާނުކޮށް ބައެއް މަސައްކަތްތައް ވެސް ފަށައިފައެވެ.
މިއަދު އޮންލައިން