އިންޑޮނޭސިއާއަށް ބޯކޮށް ވާރޭވެހި ގިނަބައަކު މަރުވެ އެތައް ބައަކު ކިސަޑުގެ ސަބަބުން ވަޅުލެވެމުންދަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
އިންޑޮނޭސިއާއަށް ބޯކޮށް ވާރޭވެހި ގިނަބައަކު މަރުވެ އެތައް ބައަކު ކިސަޑުގެ ސަބަބުން ވަޅުލެވެމުންދަނީ
އިއްޔެ އިން ފެށިގެން އިންޑޮނޭސިއާގެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގިނަބައަކު މަރުވެ އެތައް ބައަކު ކިސަޑުގެ ސަބަބުން ވަޅުލެވެމުންދާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުން މިހައިތަނަށް މަރުވި މީހުންގެ އަދަދު ވަނީ 24 އަށް އަރައިފައެވެ. އަދި ހަމައެއަދަދަށް މީހުން ވަނީ ގެއްލިފައެވެ.

ރިޕޯޓްތައް ބުނާގޮތުން ފައިބަމުން އަންނަ ކިސަޑުގެ ސަބަބުން ޖާވާ ސަރަހައްދުގެ ބައެއް ގެތައް ވަނީ މީހުނާއިއެކު ފޮރުވިފައެވެ. އަދި އެތައް ހާސް ގެއެއް ކިސަޑުން ފޮރުވެމުންދާތީ އެތައް ހާސް ބައަކު ވަނީ ގެދޮރު ދޯކޮށް ސަލާމަތް ސަރަހައްދުތަކަށް ބަދަލުވެފައެވެ.

ފެންބޮޑުވެފައިވާ ބައެއް ސަރަހައްދުތަކުގެ ގޭގޭ ފުރާޅުތައް މަތީގައި މީހުން ސަލާމަތަށް އެދި އާދޭސްކުރަންތިބި މަންޒަރު ޓީވީން ވަނީ ދައްކައިފައެވެ. އެސަރަހައްދުތަކުގައި ކާރުތަކާއި ބަސްތައް ފަދަ ވެހިކަލްތައް ވަނީ ފެނުގެ އަޑީގައެވެ.

ރިޕޯޓްތައް ބުނާގޮތުން ބޯކޮށް ވާރޭ ވެހެމުން ދަނިކޮށް ކުއްލިއަކަށް ކިސަޑު ފައިބައިގަތުމުން އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ވަނީ ދަތިވެފައެވެ. ދަތިތަކާއިއެކުވެސް މީހުން ސަލާމަތް ކުރެވޭތޯ ގެންދަނީ މަސައްކަތް ކުރަމުންނެވެ.

އިންޑޮނޭސިއާއަކީ މުސްލިމުންގެ އާބާދީ އެންމެ ގިނަ ޤައުމެވެ.
މިއަދު އޮންލައިން