"އެކްސެލް ސީ.އާރު.ސީ ކަޕް 17" ގެ ސެމީ ފައިނަލަށް ޓީމްތައް ހޮވިއްޖެ

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 1ސ
"އެކްސެލް ސީ.އާރު.ސީ ކަޕް 17" ގެ ސެމީ ފައިނަލަށް ޓީމްތައް ހޮވިއްޖެ
"އެކްސެލް ސީ.އާރު.ސީ ކަޕް 17" ފުޓްސަލް މުބާރާތުގެ ގްރޫޕް ސްޓޭޖްގެ މެޗްތައް ނިމި، ސެމީ ފައިނަލްގެ މެޗްތައް މާދަމާ ފެށޭނެއެވެ.

އިއްޔެ އާއި އޭގެ ކުރީ ދުވަހު ކުޅުނު ކުއަރޓަރ ފައިނަލްގެ 4 މެޗަށްފަހު ސެމީ ފައިނަލަށް ހޮވިފައިވާ ޓީމް ތަކަކީ 'އެމް.ޓީ. ޔުނައިޓެޑް'، 'އެއަރ ކާގޯ'، 'ޓީމް ސޮސް' އަދި 'ޕެސެންޖަރ ކްލިއަރެންސް'އެވެ. ސެމީ ފައިނަލްގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާގެ ހަވީރު ވިލީ ފުލުސް ކުރިމަތި އޮންނަ ދެނަންބަރު ފުޓްސަލް ދަނޑުގައެވެ.

ކަސްޓަމްސް ރިކްރިއޭޝަން ކްލަބުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާމިމުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ 24ޖޫންގައެވެ.

ރަމަޟާންމަހު 2 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާ މި މުބާރާތުގައި ކަސްޓަމްސްގެ އެކި އެކި ސެކްޝަންތަކުން 13 ޓީމް ބައިވެރިވެފައިވެއެވެ. ކޮންމެ އަހަރެއްގެ ރަމަޟާންމަހު ސީ.އާރު.ސީ ކަޕްގެ ނަމުގައި ބާއްވަމުން އަންނަ ފުޓްބޯޅަ މުބާރާތުގެ މިއަހަރުގެ މެއިން ސްޕޮންސަރއަކީ ބީ.އެޗް.އެމް. ޓްރޭޑަރޒްއެވެ. މިއީ މެދުނުކެނޑި މިމުބާރާތް ބާއްވަމުން އަންނަތާ 17 ވަނަ އަހަރެވެ.


މިއަދު އޮންލައިން