އިނގިރޭސި ރައްޔިތުން ކެމަރޫންގެ އާދޭސް ޤަބޫލުނުކޮށް އީޔޫއިން ވަކިވާން ނިންމުމުމުން ކެމަރޫން ގެއަށް ދަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
އިނގިރޭސި ރައްޔިތުން ކެމަރޫންގެ އާދޭސް ޤަބޫލުނުކޮށް އީޔޫއިން ވަކިވާން ނިންމުމުމުން ކެމަރޫން ގެއަށް ދަނީ
އިނގިރޭސި ވިލާތުގެ ރައްޔިތުން އެޤައުމުގެ ބޮޑު ވަޒީރު ޑޭވިޑް ކެމަރޫންގެ އާދޭސްތައް ޤަބޫލުނުކޮށް އީޔޫ އިން ވަކިވުމަށް ނިންމައިފިއެވެ. އިއްޔެ ނެގި ވޯޓުގައި ކެމަރޫން އާއި އޭނާގެ ޕާޓިގެ އާދޭސް ޤަބޫލުނުކުރަން ނިންމާފައިވަނީ ވޯޓުލީ މީހުންގެ 52 އިންސައްތަ ރައްޔިތުންނެވެ.

އިނގިރޭސިވިލާތް އީޔޫ އިން ވަކިނުވުމަށް ބާރުއަޅައި ވެރިކަންކުރާ ކޮންޒަރވޭޓިވް ޕާޓީން ހިންގި ބޮޑެތި ކެމްޕޭނުތަކަށްފަހުގައިވެސް މިފަދަ ނަތީޖާއެއް ނުކުތުމުން ކޮންޒަރވޭޓިވް ޕާޓީއަށް ރައްޔިތުންގެ ތާއީދު މިހާރުވެސް ގެއްލިފައިވާ މިންވަރު ވަރަށް ރަނގަޅަށް ހާމަވެއެވެ.

ކެމަރޫން ބުނީ އަންނަ އޮކްޓޯބަރު މަހު ބާއްވާ އެޕާޓީގެ ކޮންގްރެސް އާއި ހަމައަށް ބޮޑުވަޒީރު ކަމުގައި ހުންނާނެ ކަމަށާއި އައު ބޮޑުވަޒީރަކު ހޮވާނީ އެކޮންގްރެސްގައި ކަމަށެވެ. އަދި އީޔޫ އިން ވަކިވާނެ ތާރީޚު ކަނޑައަޅާނީ އައު ބޮޑުވަޒީރު ކަމަށެވެ.
އީޔޫ އިން އިނގިރޭސިވިލާތް ވަކިވުމުން ކުރިމަތިވާނެ މައްސަލަތަކާއިމެދު ކެމަރޫން މިހާރުވެސް ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.

ރާއްޖޭގެ ބައަކު "އިދިކޮޅު އިއްތިހާދު"ގެ ނަމުގައި އިނގިރޭސިވިލާތުގައި ހިންގާ ވެރިކަމުން ވެސް ވަނީ އީޔޫ އިން ވަކިވުމަށް ތާއީދު ނުކުރުމަށްވެސް އިލްތިމާސްކޮށްފައެވެ.
މިއަދު އޮންލައިން