62 އަހަރުގެ އަންހެނެއްގެ ހިތަށް ގެރިއެއްގެ ހިތުގެ ވޭލްވެއް ލައްވައި ކުރި އޮޕަރޭޝަން ކާމިޔާބު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 37ސ
62 އަހަރުގެ އަންހެނެއްގެ ހިތަށް ގެރިއެއްގެ ހިތުގެ ވޭލްވެއް ލައްވައި ކުރި އޮޕަރޭޝަން ކާމިޔާބު
ހިތުގެ މައި ވޭލްވްއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އުމުރުން 62 އަހަރުގެ އަންހެނެއްގެ ހިތަށް ގެރިއެއްގެ ހިތުގެ ވޭލްވް އެއް ލައްވައި ކުރި އޮޕަރޭޝަން ކާމިޔާބުވެއްޖެއެވެ.

އޮޕަރޭޝަނުގައި އިސްކޮށް ހުރި މެމަންތަ ޕަތާރެ ބުނީ އޮޕަރޭޝަން ކުރީ އިތުރު ގޮތެއް ނެތިގެން ކަމަށާއި އަދި އޮޕަރޭޝަނަށްފަހު މިހައި ތަނަށް ހެދި ޓެސްޓްތަކުން އޮޕަރޭޝަން ކާމިޔާބުކަމަށް ދައްކާ ކަމަށެވެ.

މިއޮޕަރޭޝަން ކޮށްފައިވަނީ އިންޑިއާގެ މުމްބާއީގެ ހޮސްޕިޓަލެއްގައެވެ. މިއޮޕަރޭޝަނުގެ ކާމިޔާބީއަށް ބަލައި މިކަން އިތުރަށް ތަރައްޤީކުރަން ދުނިޔޭގެ ކާޑިއޮލޮޖިސްޓުން މަސައްކަތްކުރާނެ ކަމަށް ވަނީ ބެލެވިފައެވެ.

އިންޑިއާ އަކީ މިފަދަ އޮޕަރޭޝަންތަކާއި އައު އީޖާދުތަކުގައި ކުރި ހޯދަމުން ގެންދާ ޤައުމެކެވެ.
މިއަދު އޮންލައިން