އެއްމާބަނޑު ދެއިން މައްމަ އާއި ބައްޕަ މަރާލައި ހަގުކޮއްކޮ ތޫނުއެއްޗަކުން ކޮށާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
އެއްމާބަނޑު ދެއިން މައްމަ އާއި ބައްޕަ މަރާލައި ހަގުކޮއްކޮ ތޫނުއެއްޗަކުން ކޮށާލައިފި
އެއްމާބަނޑު ދެބެއިން އެމީހުންގެ މަންމައާއި ބައްޕަ އަށް ހަމަލާދީ މަރާލައި އަދި ހަގުކޮއްކޮ ތޫނު އެއްޗަކުން ކޮށާލައިފިއެވެ.

މި ހާދިސާ ހިންގާފައިވަނީ ސައުދިއަރަބިޔާގެ ވެރިރަށް ރިޔާޛްގައެވެ. ފުލުހުން ބުނީ ހަމަލާއަށްފަހު ފިލަން ދެބެއިން މަސައްކަތްކުރި ކަމަށާއި ނަމަވެސް ދެބެއިން މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

"އެންމެ ފުރަތަމަ ދެބެއިންވެގެން ކޮއްކޮ ގޭގެ އެންމެ މަތީ ބުރިއަށް އެރުވީ. އެއަށްފަހު ހަމަލާދިނީ. އެކުއްޖާއަދި މަރެއް ނުވޭ، ހާލު ވަރަސް ސީރިއަސް، އައިސީސީޔޫގައި ފަރުވާދެމުން ގެންދަނީ."

ފުލުހުން ބުނީ މިއީ ކޮން ސަބަބަކާއިހުރެ ހިންގި ހާދިސާއެއްކަން ހާމަކުރަން އަދި އަވަސް ކަމަށާއި އަދި މިއީ ޓެރަރިޒަމާއި ގުޅުން ހުރި ކަމެއްކަން ބުނަންވެސް އަދި މާއަވަސް ކަމަށެވެ.
މިއަދު އޮންލައިން