67 އަހަރުގެ މަންމައާ 73 އަހަރުގެ ބައްޕައާ ކޮއްކޮއަށް ހަމަލަދިނީ އައިއެސްއަށް ތާއީދު ނުކޮށްގެން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
67 އަހަރުގެ މަންމައާ 73 އަހަރުގެ ބައްޕައާ ކޮއްކޮއަށް ހަމަލަދިނީ އައިއެސްއަށް ތާއީދު ނުކޮށްގެން
ސައުދިއަރަބިިޔާގެ ވެރިރަށް ރިޔާޛްގައި އެއްމާބަނޑު ދެބެއިން އެމީހުންގެ 67 އަހަރުގެ މަންމަ އަށާއި 73 އަހަރުގެ ބައްޕައަށާއި 22 އަހަރުގެ ކޮއްކޮއަށް ހަމަލަދިނީ އައިއެސްއަށް ތާއީދު ނުކޮށްގެން ކަމަށް ބައެއް ނޫސްތަކުގައި ހާމަކޮށްފިއެވެ.

އައިއެސްއަށް ތާއީދުނުކުރާނަމަ އާއިލާ ނައްތައިލުމަށް އައިއެސް އިން ނެރެފައިވާ އަމުރު ތަންފީޒުކުރަން މިދެބެއިން އައިކަމަށްވަނީ އަލްހަމްރާ ސަރަހައްދުން ޑިޕޮލޮމެޓެއްގެ ކާރެއް ވަގަށް ނަގައިގެންނެވެ. އެންމެން މެރުމަށްފަހު ފިލަން މަގުފަހިކުރުމަށެވެ.

އެންމެ ފަހުގެ ރިޕޯޓްތައް ބުނާގޮތުން ހަމަލާދީ ތޫނުއެއްޗަކުން ކޮށައި ފުރަތަމަ މަރައިލީ މަންމައެވެ. އެއަށްފަހު ހަމަލާދިނީ ބައްޕައަށެވެ.

ބައެއް ނޫސްތަކުގައި ބުނެފައިވަނީ ބައްޕަ އާއި ކޮއްކޮ އަދި މަރުނުވާކަމަށާއި ނަމަވެސް އޮތީ ވަރަށް ސީރިއަސް ހާލަތުގައި އައިސީޔޫގައި ކަމަށެވެ. އަނިޔާ ލިބިފައިވާ ބޮޑުކަމުން ބައްޕަ މަރުވި ކަމަށްވެސް ކުރިން ވަނީ ބެލެވިފައެވެ.

އައިއެސްއަށް ތާއީދުނުކުރާނަމަ ޢާއިލާއަށް މަރުގެ އަދަބު ދިނުމުން އައިއެސް ގެންދަނީ އިނާމުދެމުންނެވެ.
މިއަދު އޮންލައިން