އިނގިރޭސިވިލާތުގައި ގިނައީ ވަރަށް ބޮޑެތި ފަޤީރުންނާއި ނުކިޔަވައި ތިބި މީހުންކަން ހާމަވެއްޖެއެވެ.
އެކަން ހާމަވީ އިނގިރޭސިވިލާތް އީޔޫގައި ދެމިއޮތުމާއިމެދު ގޮތެއް ނިންމަން ބުރާސްފަތި ދުވަހު ނެގި ފެންނަ ނުފެންނަ ވޯޓާއި ގުޅިގެން ކުރި ދިރާސާއަކުންނެވެ.
އެވޯޓުގެ ނަތީޖާ ދެއްކި ގޮތުން 52 އިންސައްތަ މީހުން ބޭނުންވަނީ އީޔޫ އިން ވަކިވުމަށެވެ. އަދި ދިރާސާ އިން ދެއްކި ގޮތުގައި އީޔޫ އިން ވަކިވުމަށް ތާއީދުކޮށް ވޯޓު ދިނީ ވަރަށް ބޮޑެތި ފަޤީރުންނާއި ނުކިޔަވައި ތިބި މީހުންނެވެ. އަދި އެމީހުން ވޯޓު ދިނީ އިނގިރޭސި ވިލާތް ބަނގުރޫޓުވެ އިގްތިޞާދީ އަނދަވަޅަކަށް ވެށްޓިފައިވާތީއެވެ. އެމީހުންގެ އަމިއްލަ ހާލަތު ބަދަލު ކުރުވޭނެ ގޮތެއް ހޯދުމަށެވެ.
ފަލަސްޠީނާއި މިޞުރު ފަދަ މުސްލިމް ޤައުމުތަކަށް ވެރިވެގެނެ އެ ޤައުމުތަކުގެ ކުތުބުޚާނާތައް ކަހާލައިގެން ވަގަށް ގެންގޮސް ބައެއް ޔުނިވަރސިޓީތައް އިނގިރޭސިވިލާތުގައި ހަދާފައި ހުރި ނަމަވެސް ޤައުމުގެ އާންމު ހާލަތު އޮތް ދަށު ދަރަޖަ ހާމަވެގެންދަނީ މިފަދަ ދިރާސާތަކުންނެވެ.
ޔޫއޭއީގެ ބާޒާރުތަކުން އިއްޔެ އިނގިރޭސި ޕައުންޑް ވަނީ ހުސްވެފައެވެ. އެންމެ ބޮޑެތި ތަންތަނުގައިވެސް ހަވީރު 5 ޖަހައިގެން އައިއިރު ހުރީ 500 އެއްހައި ޕައުންޑެވެ.
އީޔޫގައި ދެމިއޮތުމާއިމެދު އިނގިރޭސި ރައްޔިތުންގެ މެދުގައި ނެގި ފެންނަ ނުފެންނަ ވޯޓު ނަގަން އެދުވަހު ފެށީންސުރެ އިނގިރޭސި ޕައުންޑުގެ އަގު އަންނަނީ ވެށްޓެމުންނެވެ.