ރަމަޟާން މަހުގެ ފަހު ދިހަ ހަރަމްފުޅުގައި ހޭދަކުރެއްވެވުމަށްޓަކައި ސައުދި ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް މައްކާއަށް ވަޑައިގެންފިއެވެ.
މައްކާގެ އަލްސަފާ ގަނޑުވަރުން ސަލްމާން ރަސްގެފާނަށް މަރުޙަބާ ވިދާޅުވީ މައްކާގެ ގަވަރުނަރު ޕްރިންސް ފައިސަލް ބިން ޢަބްދުﷲ ބިން ތުރުކީ އާއި ޕްރިންސް ފައިސަލް ބިން މުޙައްމަދު ބިން ސާދް ބިން ޢަބްދުއްރަޙްމާން އާއި މައްކާގެ ގިނަ އަދަދެއްގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ދީނީ އިލްމުވެރިންނެވެ.
ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ސަލްމާން ރަސްގެފާނު ހޭދަކުރެއްވެވީ މަދީނާގައެވެ. މަދީނާ ގައި އެމަނިކުފާނު ވަނީ ސަރުކާރުން އަލަށް މަދިނާގައި ހިންގަން ރާވާފައިވާ ގިނަ މަޝްރޫއުތަކެއްގެ މައުލޫމާތުު ހާމަކުރައްވައިފައެވެ.
އެއިގެތެރޭގައި ޞިއްޙީ ޚިދުމަތްތަކާއި ތައުލީމީ މުއްސަސާތަކުގެ ފެންވަރު ރަނގަޅުކޮށް އިތުރަށް ފުޅައުކުރުމާއި ކަރަންޓާއި ބޯފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއުތައް ފަދަ މަޝްރޫއުތައް ހިމެނެއެވެ.