ފަލަސްޠީނުގެ ރައްޔިތުންނަކީ އިޒްރޭލުގެ ރައްޔިތުންގެ އަދާވާތްތެރިންނެއް ނޫން: މަޙްމޫދު ޢައްބާސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ފަލަސްޠީނުގެ ރައްޔިތުންނަކީ އިޒްރޭލުގެ ރައްޔިތުންގެ އަދާވާތްތެރިންނެއް ނޫން: މަޙްމޫދު ޢައްބާސް
ފަލަސްޠީނުގެ ރައްޔިތުންނަކީ އިޒްރޭލުގެ ރައްޔިތުންގެ އަދާވާތްތެރިންނެއް ނޫން ކަމަށާއި އިޒްރޭލުގެ ރައްޔިތުންނަށް ހަމަލާ ދިނުމާއި އަނިޔާވެރި އަމަލުތައް ހިންގުމަކީ ފަލަސްޠިނުގެ ސިޔާސަތެއް ނޫން ކަމަށް ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ވިދާޅުވެއްޖެއެވެ.

އީޔޫގެ ޕާލަމެންޓްގައި ވާހަކަފުޅު ދައްކަވަމުން މަޙްމޫދު ޢައްބާސް ވިދާޅުވީ ހުރިހާވެސް މައްސަލައަކީ ފަލަސްޠީނުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބޭނެ އެއްވެސް މަގެއް ދައްކަން އިޒްރޭލުގެ ސަރުކާރުން ބޭނުން ނުވުން ކަމަށެވެ.

ކެނޑިނޭޅި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަނެ ފަލަސްޠީނުގެ ބިންތަކަށް ވެރިވަމުން ދިއުން ކަމަށާއި ހަމައެއާއިއެކު ފަލަސްޠީނުގެ ރައްޔިތުން އަޅުވެތިކޮށް ހަމަލާދީ މަރަމުން ގެންދިއުން ކަމަށްވެސް މަޙްމޫދު ޢައްބާސް ވިދާޅުވިއެވެ.

"އަަބަދުވެސް އިޒްރޭލުން ކުރާ ކަމަކީ ކޮންމެވެސް ދޮގު އިލްޒާމެއް އަޅުވައިގެން ފަލަސްޠީނު ރައްޔިތުންނަށް ހަމަލާދީ މެރުން. އެކި ގޮތްގޮތުން އަޅުވެތިކޮށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުން." ކަމަށާއި ފަލަސްޠީނު ރައްޔިތުންގެ ލޭ ކެކި އެކި މައްސަލަތައް ކުރިމަތިވަނީ އިޒްރޭލުގެ އަނިޔާވެރި އަމަލުތަކުގެ ސަބަބުން ކަމަށްވެސް މަޙްމޫދު ޢައްބާސް ވިދާޅުވިއެވެ.

މަޙްމޫދު އައްބާސްގެ ވާހަކަފުޅަށް ޕާލަމެންޓުގެ ގިނަ އަދަދެއްގެ މެންބަރުންގެ ބޮޑު ތަރުޙީބެއް ވަނީ ލިބިފައެވެ.
މިއަދު އޮންލައިން