އީޔޫ އިން އިނގިރޭސިވިލާތް ވަކިވުމާމެދު ފެންނަ ނުފެންނަ ދެވަނަ ވޯޓަކަށް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
އީޔޫ އިން އިނގިރޭސިވިލާތް ވަކިވުމާމެދު ފެންނަ ނުފެންނަ ދެވަނަ ވޯޓަކަށް
އީޔޫ އިން އިނގިރޭސިވިލާތް ވަކިވުމާއިމެދު ގޮތެއް ނިންމުމަށް ފެންނަ ނުފެންނަ ބެލުމުގެ ދެވަނަ ވޯޓަކަށް ގޮވާލި ޕެޓިޝަނުގައި މިލިއަނަކަށްވުރެ ގިނަ މީހުން ސޮއިކޮށްފިއެވެ.

ޕާލަމެންޓުގެ ރަސްމީ ވެބްސައިޓުގައި ޝާއިއިއުކޮށްފައިވާ މި ޕެޓިޝަނަސް މިހައި ބޮޑު ތަރުހީބެއް ލިބުމުން މިމައްސަލަ ޕާލަމެންޓުގައި އެޖެންޑާކުރުމާއިމެދު ޕެޓިޝަން ކޮމިޓީން ގޮތެއް ނިންމާނީ އަންގާރަ ދުވަހުއެވެ.

މަޖިލީހުގައި މިފަދަ ބަހުސެއް ކުރުމަށް ހުށަހެޅުމަށް ބޭނުންވަނީ 100،000 ވޯޓެވެ. ނަމަވެސް މިހާރުވެސް ވަނީ އެއިގެ ދިހަ ގުނަ އިތުރަށް ސޮއިކޮށްފައިކަމަށްވުމުން މި މައްސަލަ އަށް ޕާލަމެންޓުގައި ބަހުސްކުރާނެ ކަމަށް މިހާރުވެސް ވަނީ ބެލެވިފައެވެ.

ކުރިން ނެގި ފެންނަ ނުފެންނަ ވޯޓުގައި އީޔޫ އިން ވަކިވުމަށް ތާއީދުކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 72.2 އިންސައްތަ މީހުންގެ 51.9 އިންސައްތަ މީހުންނެވެ. އީޔޫގައި ދެމިއޮތުމަށް ތާއީދުކުރީ 48.1 އިންސައްތަ މީހުންނެވެ.

ޢާންމު ގޮތެއްގައި ސަރުކާރުގެ ސަމާލުކަމަށް ކަމެއް ގެނައުމަށް ބޭނުންވަނީ 10،000 މީހުންގެ ވޯޓެވެ. ހައުސް އޮފް ކޮމަންސްގެ ތަރުޖަމާނު ހުކުރު ދުވަހު ބުނީ 10،000 މީހުން ކަމަކަށް އެދޭނަމަ އެކަމަކާއިމެދު ސަރުކާރުން ވިސްނާނެ ކަމަށެވެ.
މިއަދު އޮންލައިން