"އެކްސް.އެލް ސީ.އާރު.ސީ ކަޕް 17" ގެ ތަށި ޓީމް އެސް.އޯ.އެސް އުފުލާލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 49ސ
"އެކްސް.އެލް ސީ.އާރު.ސީ ކަޕް 17" ގެ ތަށި ޓީމް އެސް.އޯ.އެސް އުފުލާލައިފި
"އެކްސް.އެލް ސީ.އާރު.ސީ ކަޕް 17" ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ޓީމް އެސް.އޯ.އެސް ހޯދައިފިއެވެ.

އިއްޔެ ކުޅުނު ފައިނަލް މެޗްގައި ޓީމް އެމް.ޓީ.ޔުނައިޓެޑް އާއި ބައްދަލުކުރި މެޗްގެ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވެފައިވުމުން ޕެނަލްޓީ ޖަހައިގެން 2-1 ގެ ނަތީޖާއަކުން ކުރި ހޯދައިގެން އެސް.އޯ.އެސް ކާމިޔާބުކުރި އިރު، މޭން އޮފް ދަ މެޗަށް ހޮވުނީ ޓީމް އެމް.ޓީ. ޔުނައިޓެޑްގެ އަޙްމަދު ޢަބްދުﷲއެވެ. އަދި މުބާރާތުގައި 15 ގޯލް ކާމިޔާބުކޮށްގެން އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ މަޤާމް ޙާޞިލްކޮށްފައިވަނީ އަބްދުލް ބާއިސް އަބްދުލް ލަތީފްއެވެ.

އިއްޔެ ހަވީރު މާފަންނު އެއް ނަންބަރު ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗާއި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކަސްޓަމްސް ރިކްރިއޭޝަން ކްލަބްގެ ޗެއަރޕަރސަންއިބްރާހިމް ޝަރީފް މުޙައްމަދުއެވެ. އަދި ބީ.އެޗް.އެމް ޓްރޭޑަރޒްގެ ސޭލްސް އެންޑް މާކެޓިންގ މެނޭޖަރ އިބްރާހިމް ޝަރީފްގެ އިތުރުން ކަސްޓަމްސްގެ އިސްވެރިން މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ކަސްޓަމްސް ރިކްރިއޭޝަން ކްލަބުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ މި މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ޓީމް އެމް.ޓީ. ޔުނައިޓެޑްގެ އިބްރާހިމް ވަޙީދެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ ޓީމް އެސް.އޯ.އެސްގެ ހަސަން ނޫރިޝް އާއި އަބްދުލް މުޢީން އަޙުމަދުގެ އިތުރުން ޓީމް އެމް.ޓީ.ޔުނައިޓެޑްގެ މުމްތާޒް އަބްދުއްރަޝީދު، ޓީމް ޕެސެންޖަރ ކްލިއަރެންސްގެ ޝަފީގް އަޙްމަދު އަދި ޓީމް އެއަރ ކާގޯގެ އަބްދުލް ބާއިސް އަބްދުލް ލަތީފް އެވެ.މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ޓީމް އެއަރކާގޯއެވެ.

ރަމަޟާންމަހު 2 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދިޔަ މިމުބާރާތުގެ ޓައިޓްލް ސްޕޮންސަރކޮށްފައިވަނީ ބީ.އެޗް.އެމް ޓްރޭޑަރޒްއިންނެވެ. މިއީ މެދުނުކެނޑި މިމުބާރާތް ބާއްވަމުން އަންނަތާ 17 ވަނަ އަހަރެވެ.
މިއަދު އޮންލައިން