"ކޭކު ފިހެގެން ކާނެ އިރަކުން ކާން ނުތިބެ" އަވަހަށް އީޔޫ އިން ނުކުތުމަށް އީޔޫ އިން އިނގިރޭސިވިލާތަށް ގޮވާލައިފި އެވެ.
ހުކުރު ދުވަހު ލަގްޒަމްބަރގްގައި ބޭއްވި އީޔޫގެ ވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ ޑޭވިޑް ކެމަރޫން ބޭނުންވާ ގޮތަށް އޮކްޓޯބަރު މަސް އަންނަންދެން ކޮންމެހެން ތިބުމުގެ ބޭނުމެއް ނެތް ކަމަށެވެ.
"އަހަރެމެން ކޮންމެހެން ބަލަން ތިބޭކަށް ނުޖެހޭ ކޮންޒަރވޭޓިވް ޕާޓީގެ ލީޑރަކަށް އަންނަނީ ކާކުތޯ؟ އެމީހަކު ކުރަނީ ކީއްތޯ؟" އަންނަ ހަފްތާގައި އީޔޫގެ ރިޔާސަތާ ހަވާލުވުމަށް ހަމަޖެހިފައިވާ ސްލޮވަކްގެ ޚާރިޖީ ވަޒީރު ވަނީ ވިދާޅުވެފައެވެ.
އަންނަ ހަފްތާގެ ބައްދަލުވުމުގައި މިކަމަށް ގޮތްތަކެއް ނިންމާނެ ކަމަށް މިހާރު ވަނީ ބެލެވިފައެވެ.
މިކަންކަމަށް ކެތް ނުކުރެވިގެން ދެވަނަ ވޯޓެއް ނެގުމަށް އިނގިރޭސި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގައި ކުރިއަށް ގެންދާ ޕެޓިޝަނުގައި މިހާރު ވަނީ 2 މިލިއަން މީހުން ސޮއިކޮށްފައެވެ.