މަސްޖިދުލްއަޤްޞާއަށް ޔަހޫދީން ވެއްދުމުން ހިނގި ކުރިމަތިލުންތަކުގައި ފަލަސްޠިނުގެ 7 ޒުވާނަކު ޒަޚަމްކޮށްލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
މަސްޖިދުލްއަޤްޞާއަށް ޔަހޫދީން ވެއްދުމުން ހިނގި ކުރިމަތިލުންތަކުގައި ފަލަސްޠިނުގެ 7 ޒުވާނަކު ޒަޚަމްކޮށްލައިފި
މަސްޖިދުލްއަޤްޞާގެ ޙުރުމަތް ކަނޑައި ޔަހޫދީން ވެއްދުމުން ހިނގި ކުރިމަތިލުންތަކުގައި ޔަހޫދީ ފުލުހުން ފަލަސްޠިނުގެ 7 ޒުވާނަކު ޒަޚަމްކޮށްލައި 4 ޒުވާނަކު ހައްޔަރުކޮށްފިއެވެ.

ފަލަސްޠީނުގެ ރެޑްކްރެސެންޓުން ބުނީ 7 ޒުވާނަކު ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި އެމީހުންގެ ގައަށް ކޮޅު ތޫނުކޮށްފައި ހުރި ރަބަރު ވަޒަން ޖެހުމުންނާއި ކަރުނަ ގޭސް ޖެހުމުންނާއި އަދި އެމީހުންގެ ގައިގައި ތެޅުމުގެ ސަބަބުން ބޮޑެތި އަނިޔާތައް ލިބިފައިވާ ކަމަށެވެ.

ޔަހޫދީ ފުލުހުންގެ އިސް އޮފިޝަލަކު ބުނެފައިވަނީ އެފަދަ އެއްވެސް ކަމެއް ހިނގިކަން އެނގިފައިނުވާ ކަމަށެވެ. ނަމަވެސް މަސްޖިދުލްއަޤްޞާއަށް އެހެންދީންތަކުގެ މީހުން ވަންނަން ހުރަސް އެޅި 4 ޒުވާނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިހަމަނުޖެހުންތައް ހިނގަން މެދުވެރިވީ ރަމަޟާންމަހުގެ ފަހު ދިހަ ފެށުމުންވެސް މަސްޖިދުލްއަޤްޞާއަށް ޔަހޫދީން ވައްދަމުން ގެންދާތީ ފަލަސްޠީނުގެ ޒުވާނުން އެކަމަށް އިންކާރުކޮށް ދެކޮޅު ހެދުމުންނެވެ.

ރަމަޟާންމަހުގެ ފަހު ދިހަ ފެށިިފައިވާތީ ގިނަ އަދަދެއްގެ މުސްލިމުން ގެންދަނީ މަސްޖިދުލްއަޤްޞާގައި ތިބެ އަޅުކަންކުރަމުންނެވެ.
މިއަދު އޮންލައިން