ރޮހިންޔާ ދަރިކޮޅުގެ މީހުންނަށް އޯއައިސީން ހަނޑޫ ބަހައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ރޮހިންޔާ ދަރިކޮޅުގެ މީހުންނަށް އޯއައިސީން ހަނޑޫ ބަހައިފި
މިޔަންމާ އިން ބޭރުކޮށްލާފައިވާ ރޮހިންޔާ ދަރިކޮޅުގެ މީހުންނަށް އޯއައިސީ އިން އެހީއެއްގެ ގޮތުގައި ހަނޑޫ ބަހައިފިއެވެ.

އޯއައިސީގެ ސެކެޓްރީ ޖެނެރަލް ޢިޔާދް އަމީން މަދާނީގެ އިސް ނެންގެވުމަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި 1100 ޢާއިލާއަކަށް އެހީގެ ގޮތުގައި ބަހާފައިވަނީ 50 ކިލޯގެ 550 ބަސްތާ ހަނޑުލެވެ. މިތަކެތި ބެހީ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ހިޔުމަނިޓީ މެލޭސިއާ މެދުވެރިކޮށެވެ.

ހާލުގައި ޖެހިފައިވާ ރޮހިންޔާ ދަރިކޮޅުގެ މީހުންނަށް އެހީތެރިވެދެއްވަމުން މަދާނީ ގެންދަވަނީ ޚާއްޞަ މަސައްކަތްޕުޅުތަކެއް ކުރައްވަމުންނެވެ.
އެގޮތުން ޞިއްޙީ ފަރުވާ އާއި ތައުލީމު ދެއްވުމަށްވެސް ދަނީ މަސައްކަތްތަކެއް ކުރެވެމުންނެވެ.

2012 ވަނަ އަަހރު ރޮހިންޔާ ދަރިކޮޅުގެ މީހުންނަށް މިޔަންމާގެ އަނިޔާވެރިން ދިން ހަމަލާތަކުގައި ވަނީ 20،000 ގެދޮރު އަންދާލައިފައެވެ.

145،000 ރައްޔިތުން ވަނީ ހާލުގައި ޖެހިފައެވެ. މިޔަންމާ ސަރުކާރުގެ އެހީތެރިކަމާއިއެކު މީގެ ތެރެއިން 25،000 މީހުން މިހާރު ވަނީ ގެދޮރު އަލުން ބިނާ ކުރުމުގެ މަސައްކަތް ފަށައިފައެވެ.
މިއަދު އޮންލައިން