އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް ބަށި މުބާރާތް މިއަހަރު ފަހުކޮޅު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 30ސ
އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް ބަށި މުބާރާތް މިއަހަރު ފަހުކޮޅު
އެސްޓީއޯ އިން އިންތިޒާމްކޮށްގެން މިއަހަރު ފިޠުރު ޢީދްގައި ބާއްވަން ހަމަޖެހިފައިވާ އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް ބަށި މުބާރާތް 2016 މިއަހަރު ފަހުކޮޅު ބޭއްވުމަށް ލަސްކުރެވިފައި ވާކަމަށް އެސްޓީއޯ އިން ބުނެފިއެވެ.

އެސްޓީއޯ އިން ބުނެފައިވަނީ މި މުބާރާތް ލަސްކުރެވިފައިވަނީ ވަރަށްގިނަ ޓީމްތަކެއްގެ އެދުމުގެ މަތިން ކަމަށެވެ. އަދި މިދިޔަ އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރު ފަހުކޮޅު ބޭއްވުމަށް ވަނީ ލަސްކުރެވިފައިކަމަށެވެ.

މިމުބާރާތް ބާއްވާނެ ވަކި ތާރީޚެއް ކަނޑައެޅުމަށް ފަހު ފަހުން އިއުލާން ކުރެވޭނެކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.


މިއަދު އޮންލައިން