އީޔޫއިން ވަކިވުމަށް ރައްޔިތުން ތާއީދުކުރުމުން މުސްލިމުނަށް ހަމަލާ ދޭން ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
އީޔޫއިން ވަކިވުމަށް ރައްޔިތުން ތާއީދުކުރުމުން މުސްލިމުނަށް ހަމަލާ ދޭން ފަށައިފި
އީޔޫ އިން އިނގިރޭސިވިލާތް ވަކިވުމަށް އިނގިރޭސިވިލާތުގެ ރައްޔިތުން ތާއީދުކޮށް ވޯޓުދިނުމުން އިނގިރޭސިވިލާތުގައި ތިބި މުސްލިމުންނަށާއި ޕޮލަންޑުގެ ރައްޔިތުންނަށް ދުއްތުރާތައް ކުރިމަތިކޮށް ހަމަލާދޭން ފަށައިފިއެވެ.

ބޮޑުވަޒީރު ޑޭވިޑް ކެމަރޫން މިއަދު ވަނީ މިފަދަ އަމަލުތައް ޕާލަމެންޓުގައި ކުށްވެރިކޮށްފައެވެ. އެހެން ނަމަވެސް ދުއްތުރާ ކުރުމާއި ހަމަލާދިނުން ދަނީ ކުރިއަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިނގިރޭސިވިލާތުގެ ގިނަ އަދަދެއްގެ މުސްލިމް ޖަމާއަތްތައް ބައިވެރިވާ މުސްލިމް ކައުންސިލް އޮފް ބްރިޓްން އިން ބުނީ ވޯޓަށްފަހު މުސްލިމުންނަށް ހަމަލާދިނުމާ ގޯނާކުރުމުގެ 100 އަށްވުރެ ގިނަ ހާދިސާ މިހާރުވެސް ހިންގާފައިވާ ކަމަށެވެ.

ޙިޖާބް އަޅައިގެން މިސްކިތަށްދާ އަންހެނުންގެ ފަހަތުންވެސް އިނގިރޭސިން މިހާރު ވަނީ ދުވަން ފަށައިފައެވެ. 30 އަށްވުރެ ގިނަ ދީނީ އިލްމުވެރިންނަށް ވަނީ ފޮށިތަންމަތި ހިފައިގެން ފުރަން އަންގައިފައެވެ.

ކައުންސިލުގެ ސެކެޓްރީ ޖެނެރަލް ސުޖާ ޝާފީ ވިދާޅުވީ ވޯޓާއި ގުޅިގެން އިނގިރޭސިވިލާތުގައި އިޖުތިމާއީ ހަމަނުޖެހުންތަކެއް އުފެދިދާނެކަމުގެ ބިރު އެބައޮތް ކަމަށެވެ.

އިނގިރޭސި ވިލާތަކީ ދުނިޔެއަށް ޑިމޮކްރަސީ ދަސްކޮށްދޭން އެންމެ ގަދައަށް މަސައްކަތްކުރާ އެއް ޤައުމެވެ.
މިއަދު އޮންލައިން