ސިންގަޕޫރު އެއަރލައިންސްގެ ފްލައިޓެއްގައި އަލިފާން ރޯވެއްޖެއެވެ.
ސިންގަޕޫރުން ފުރައިގެން އިޓަލީގެ މިލާނަށް ދަތުރުކުރި ބޮއިންގ 777-300 އީއާރު ފްލައިޓުގައި އަލިފާން ހިފީ އެއް އިންޖީނުން ލީކުވާކަމަށް ލިބުނު މެސެޖަކާއިގުޅިގެން އަނބުރާ އައިސް ޗާންގީ އެއާޕޯޓަށް މިއަދު ޖެއްސިފަހުންނެވެ.
އެއާލައިނުން ބުނީ އެސްކިޔޫ 368 އަނބުރައި ޖެއްސީ ފުރިތާ 4 ގަޑިއިރުފަހުން ކަމަށާއި އަލިފާން ރޯވީ ކަނައަތު އިންޖީނުގައި ކަމަށެވެ. އަދި އަލިފާން ރޯވި ނަމަވެސް ފްލައިޓުން ދަތުރުކުރި 222 ފަސިންޖަރުންނަށާއި ފަޅުވެރިންނަށް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށެވެ.
އެއާޕޯޓް ތައްޔާރީ ހާޭލަތުގައި އޮތުމުން އަލިފާން ވަނީ ފަސޭހަކަމާއިއެކު ނިއްވާލައިފައެވެ. ދަސިންޖަރުން ވަނީ އެހެން ފްލައިޓެއްގައި މިލާން އަށް ފުރުވާލައިފައެވެ.