ރަމަޟާން މަސް ނިމެންދެން މަސްޖިދުލްއަޤްޞާއަށް އެހެން ދީންތަކުގެ މީހުން ވަނުން މަނާކޮށްފައިވާ ކަމަށް އިޒްރޭލު ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އެކަން މަނާކުރީ ކޮންމެ ދުވަހަކު ބޮޑެތި ހަމަނުޖެހުންތައް ހިންގާތީ ހަމަނުޖެހުންތައް ހުއްޓުވަން ކަމަށާއި ރަމަޟާން މަސް ނިމުމުން އެހެން ދީންތަކުގެ މީހުންނަށްވެސް މަސްޖިދުލްއަޤްޞާގެ ސަރަހައްދަށް ވަދެވޭނެ ކަމަށެވެ.
މުސްލިމުންގެ 3 ވަނަ ޙަރަމްފުޅު ކަމަށްވާ މަސްޖިދުލްއަޤްޞާގެ ޙުރުމަތް ކަނޑައި އެތަނަކީ ހުރިހައި ދީންތަކުގެ މީހުންގެ ތަނަކަށް އިޒްރޭލު ސަރުކާރުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ފުލުހުންގެ އެހީތެރިކަމާއި ހިމާޔަތުގައި ޔަހޫދީ ފާދިރީން ވަދެ އަޅުކަންވެސް ކުރެއެވެ.
މިކަންކަމާއި ގުޅިގެން ފަލަސްޠީނުގެ ޒުވާނުން ގެންދަނީ ދެކޮޅު ހެދުމުގެ އަމަލުތައް ހިންގަމުންނެވެ.