ތުރުކީ އެއާޕޯޓަށް ދިން ހަމަލާގަ ސައުދީ 2 މީހުން މަރުވެ 25 މީހުން ޒަޚަމްވި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 32ސ
ތުރުކީ އެއާޕޯޓަށް ދިން ހަމަލާގަ ސައުދީ 2 މީހުން މަރުވެ 25 މީހުން ޒަޚަމްވި
ތުރުކީގެ ވެރިރަށް އިސްތަންބޫލްގެ މައި އެއާޕޯޓަށް އިއްޔެ ދިން ހަމަލާގައި ސައުދިއަރަބިޔާގެ 2 މީހަކު މަރުވެ 25 މީހުންނަށް އަނިޔާވެފައިވެފައިވާކަމަށް ތުރުކީގައި ހުންނަ ސައުދީ އެމްބަސީން ބުނެފިއެވެ.

ސައުދީ އެމްބެސެޑަރު ޢާދިލް މުރްދާދް ވިދާޅުވީ ފުރަތަމަ ރިޕޯޓްތަކުގައި މިއަށްވުރެ ގިނަ މީހުން މަރުވި ކަމަށް ބުނެފައިވީނަމަވެސް ފަހުން އެނގުނު ގޮތުގައި މަރުވީ ސައުދީގެ 2 ރައްޔިތުން ކަމަށެވެ. އަދި ގެއްލުނު 4 މީހަކު މިހާރު ފެނިފައިވާ ކަމަށެވެ.

މިހާދިސާގައި 41 މީހަކު ވަނީ މަރުވެފައެވެ. އެއިގެ ތެރޭގައި 23 ތުރުކީން ހިމެނެއެވެ. މިހާދިސާގައި 230 މީހަކަށް އަނިޔާވެފައިވާކަން މިހާރު ވަނީ އެނގިފައެވެ.

ފަހުގެ ރިޕޯޓުތައް ބުނާގޮތުން ހަމަލާދީފައިވަނީ 3 މީހެކެވެ. އެ 3 މީހުންވެސް ވަނީ ޖާނުން ފިދާވެގެން މަރުވެފައެވެ.
މިއަދު އޮންލައިން