ރަމަޟާން މަހުގެ ފަހު ދިހައިގައި އުމުރާވުމަށްދާ މީހުންގެ ތެރެއިން ޙަރަމްފުޅާއި ކައިރި ސަރަހައްދުތަކުން ހަރަމްފުޅު ފެންނަ ގޮތަށް ހުންނަ ކޮޓަރިއެއް ބޭނުންވާ މީހުންނަށް ކޮޓަރިއެއްގެ އަގަކީ ހުރުމާއި ކެއުމާއިއެކު 10 ދުވަހަށް 70،000 ރިޔާލައާއި 200،000 ރިޔާލަ އާއި ދެމެދުގެ އަގުތަކެކެވެ.
ހަމަ އެހޮޓާތަކުން ހަރަމްފުޅު ނުފެންނަ ކޮޓަރިއެއްގެ އަގަކީ ހުރުމާއި ކެއުމާއިއެކު 10 ދުވަހަށް 37،000 ރިޔާލަ އާއި 45.000 ރިޔާލަ އާއި ދެމެދުގެ އަގުތަކެކެވެ. މި އިން ކޮޓަރިއަކަށް އިތުރު އެނދެއް ވައްދާނަމަ 10 ދުވަހަށް 5،000 ރިޔާލަ ދައްކަންޖެހެއެވެ.
ޙަރަމްފުޅު ފެންނަ ގޮތަށް އެ ސަހައްދުގައި ހުރި 5 ތަރި ހޮޓާތަކަކީ އެ ހޮޓާތަކުން ބޭނުންވާ އަގުތަކުގައި ވިއްކުމުގެ ހުއްދަ އޮންނަ ހޮޓާތަކެކެވެ.
ހޮޓާތަކުގެ ވިޔަފާރި ރަނގަޅުކުރުމަށްޓަކައި ކޮންމެ އަހަރަކުވެސް އަގު ބޮޑު ފަރުނީޗަރު ވެއްދުމާއި ކަސްޓަމަރުންނަށް ދޭ އިނާޔަތްތައް އިތުރުކުރުން ފަދަ ކަންކަން ހޮޓާތަކުން ގެންދަނީ ކުރަމުންނެވެ.