ތުރުކީގެ އިސްތަންބޫލް އެއާޕޯޓަށް ހަލާދިން 3 މީހުންނަކީ ރަސިއާ، އުޒްބަކިސްތާން އަދި ކީގިސްތާނުގެ މީހުން ކަމަށް ތުރުކީން ބުނެފިއެވެ. ނަމަވެސް ތަޙްޤީޤް ކުރިއަށްދާ ކަމަށް ބުނެ އިތުރު ތަފްޞީލެއް ނުދެއެވެ.
3 މީހުންވެސް ޖާނުން ފިދާވެ އަމިއްލައަށް ހަށިގަނޑު ގޮއްވާލާފައިވުމުން އެއީ ކޮންބައެއްކަން އަދި ދަނެގަނެވިފައެއް ނުވެއެވެ. ފެންނަން ހުރި ހަށިގަނޑުގެ ބައިތައް ބޭނުންކޮށްގެން އެއީ ކޮންބައެއްކަން ދެނެގަތުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
އެއާޕޯޓަށް ދިން ހަމަލާ އާއި ގުޅުންހުރި އިތުރު މީހުން ހޯދުމަށް ތުރުކީގެ ފުލުހުން ގެންދަނީ ބޮޑެތި އޮޕަރޭޝަންތައް ހިންގަމުންނެވެ. ނަމަވެސް އިތުރު ބައަކު އަދި ހައްޔަރުކުރެވިފައެއް ނުވެއެވެ.