ކުޑަ ތިން ދަރިން ގޮވައިގެން މަންމައަކު ދުއްވި ކާރެއްގައި ބޮމެއް ގޮވައި މަންމަ މަރުވެއްޖެއެވެ.
ބުރާސްފަތި ދުވަހު ހިނގި މިހާދިސާ ހިންގާފައިވަނީ ބަޙްރައިންގައެވެ. ހާދިސާގައި ކާރުގައި ތިބި 3 ކުދިންނަށްވެސް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.
ފުލުހުން ބުނީ މިއީ ޤަޞްދުގައި ދީފައިވާ ބޮމުގެ ހަމަލާއެއް ކަމަށާއި މައްސަލަ ބަލަމުން ގެންދާ ކަމަށެވެ.
ބަހްރައިނުގައި ޝިޢީން ބޭނުންހައި ގޮތަކަށް ފުރުޞަތުތައް ނުދޭނީ އީރާނާއިއެކު ވަނީ މައްސަލަތަކެއް ކުރިމަތިވެފައެވެ. ބަޙްރައިނުން ބުނެފައިވަނީ އެމީހުންނަށް ވެސް އުޅެވޭނީ އެހެން މީހުންނަށް ވެސް އިގްތިރާމްކޮށްގެން ކަމަށާއި ވަކި ޚާއްޞަ އިމްތިޔާޒްތަކެއް ޝިޢީންނަށް ނުދެވޭނެ ކަމަށެވެ.
ޝިޢީން ގެންދަނީ ބަހްރައިނުގައި ހަމަނުޖެހުން ހިންގަންވެސް މަސައްކަތްކުރަމުންނެވެ.