ޓެރަރިސްޓުންގެ ދީނަކީ ޓެރަރިޒަމް ކަމަށާއި އެނޫން ދީނެއް އެމީހުންނަށް ނެތް ކަމަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ވިދާޅުވެއްޖެ އެވެ.
ހަސީނާ މިމޭރުމުން ވިދާޅުވީ ބަންގްލަދޭޝްގެ ރެސްޓޯރަންޓަކަށް ގަތިޔާރު އެޅި ބައަކު ހުކުރު ދުވަހުގެ ރޭ ވަދެ ގިނަ ބައަކު ހިފަހައްޓައި އެއިގެ ތެރެއިން 20 މީހުން މަރައިލުމާއި ގުޅިގެންނެވެ.
ބޮޑުވަޒީރު ހަސީނާ މިމޭރުމުން ވިދާޅުވެފައިވާއިރު ޓެރަރިސްޓުންގެ އަތްދަށުން ސަލާމަތްވި ބަންގްލަދޭޝްގެ މަހުޖަނެއްގެ ބައްޕަ ބުނީ ކީރިތި ޤްރްއާން ކިޔަވަން އެނގޭ އެއްވެސް މީހަކަށް ހަތިޔާރު އެޅި މީހުން އެއްވެސް ކަމެއް ނުކުރާ ކަމަށެވެ.
"އެއީ އަޖައިބެއް ފަދަ ބައެއް. ކީރިތި ޤްރްއާން ކިޔަވަން އެނގެނީ ކޮންބައަކަށްކަން ބެލުމަށްފަހު ރަނގަޅަށް ކާންވެސް ދިން. ދެން ނެރެ ފޮނުވާލީ."
ހަމަލާގެ ޒިންމާ އައިއެސް ވަނީ ނަގާފައެވެ. ފުލުހުން ބުނީ ހަތިޔާރު އެޅި އެކަކު ދިރިހުއްޓައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކަމަށެވެ.