ސަލާމަތީ ސަބަބުތަކަށްޓަކައި ކުވައިތުގައި ހާމަ ތަންތަނުގަ ޢީދު ނަމާދު ނުކުރަން ނިންމައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 32ސ
ސަލާމަތީ ސަބަބުތަކަށްޓަކައި ކުވައިތުގައި ހާމަ ތަންތަނުގަ ޢީދު ނަމާދު ނުކުރަން ނިންމައިފި
ސަލާމަތީ ސަބަބުތަކަށްޓަކައި ކުވައިތުގައި މިއަހަރުގެ ފިޠުރު ޢީދު ނަމާދު ހާމަ ތަންތަނުގަ ނުކުރަން ނިންމައިފިއެވެ.

ކުވައިތުން ބުނީ މިގޮތަށް ނިންމުމުމުން ޢީދު ނަމާދުކުރާނީ ކުރިން ވެސް ހުކުރު ނަމާދުކުރަމުން އައި ބޮޑެތި މިސްކިތްތަކުގައި ކަމަށެވެ.

ކުވައިތު ސަރުކާރުން ބުނީ މިފަދަ ގޮތަކަށް ނިންމަންޖެހުނީ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހޯމް މިނިސްޓްރީން ވަރަށް ބޮޑަށް "ރިކޮމެންޑް" ކޮށްގެން ކަމަށެވެ.

އައިއެސްގެ އަމަލުތައް މިހާރު ހުރިގޮތުން މުސްލިމުންގެ ކިތަންމެ ގިނަ ބައަކު ޝަހީދުކޮށްލަންވެސް އެ ޖަމާއަތުން ޖެހިލުންވާނެ ކަމަށް ނުބެލެވޭތީ މެދުއިރުމަތީގައި ވަނީ ވަރަށް ބޮޑު ބިރުވެރިކަމެއް ޢާންމުވެފައެވެ.
މިއަދު އޮންލައިން