60 އަހަރުގަ އަޚާ އާއި ބައްދަލުކުރަން ކުރި ފުރަތަމަ ދަތުރުުގައި އެއާޕޯޓުން މަރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
60 އަހަރުގަ އަޚާ އާއި ބައްދަލުކުރަން ކުރި ފުރަތަމަ ދަތުރުުގައި އެއާޕޯޓުން މަރު
ސައުދީގެ ޢާއިލާއެއް އެކުގައި ސައުދިއަރަބިޔާއަށް ކުރި ފުރަތަމަ ދަތުރުގައި ބައްޕައާއި ދޮށީ ދަރިފުޅު ޓެރަރިސްޓުންގެ ޝިކާރައަކަށްވެ މަރުވެއްޖެއެވެ.

އަންގާރަ ދުވަހު ތުރުކީގެ އެއާޕޯޓަށް ދިން ޓެރަރިސްޓް ހަމަލާ ދީފައި ވަނީ ޢައިލާގެ 6 މީހުން އެއާޕޯޓަށް ފޭބިތަނާއެވެ.

ލަގެޖަށް އިންތިޒާރުކުރަމުން ދިއައިރު ބައްޕަ، ޠާހިރު އޭނާގެ އަޚާއަށް ގުޅައި އެއާޕޯޓްގައި ތިބިކަމާއި ލަގެޖަށް އިންތިޒާރުކުރަމުންދާކަން ވަނީ އަންގައިފައެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި އިވުނީ އަވަހަށް އެއާޕޯޓުން ނުކުތުމަށް ގޮވި އަޑެވެ. އެއާއިއެކު އާއިލާގެ 6 މެންބަރުން އެކި ދިމާއަށް ދުއްވައިގަތެވެ.

ޓެރަރިސްޓުން ދިން ހަމަލާތަކުގައި ބައްޕަ އާއި ދޮށީ ދަރިފުޅު ވަނީ މަރުވެފައެވެ. މަންމައާއި 3 ދަރިންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. އަންހެން ކުއްޖަކު ހޭނެތިގެން ވްެށްޓުމުން ވަނީ އެޑްމިޓްކުރަންޖެހިފައެވެ.

ޠާހިރު އާއި ދަރިފުޅުގެ ޖަނާޒާގައި ގިނަ ބައަކު ބައިވެރިވިއެވެ.
މިއަދު އޮންލައިން