މިޔަންމާގެ މިސްކިތްތައް އެންދި ނަމަވެސް ޑިމޮކްރަސީގެ މަންމަ ސޫކީއަށް ކުރެވޭ ކަމެއް ނެތް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
މިޔަންމާގެ މިސްކިތްތައް އެންދި ނަމަވެސް ޑިމޮކްރަސީގެ މަންމަ ސޫކީއަށް ކުރެވޭ ކަމެއް ނެތް
މިޔަންމާގައި މުސްވލިމުންގެ މިސްކިތްތައް އަންދަމުން ގެންދިއަ ނަމަވެސް ޑިމޮކްރަސީގެ މަންމަ ސޫކީއަސް ކުރެވޭ ކަމެއް ނެތްކަން ހާމަވެއްޖެއެވެ.

ޖޫން މަހު 23 ވަނަ ދުވަހުވެސް މިސްކިތެއް އަންދައިލިއެވެ. 30 ވަނަ ދުވަހުވެސް މިސްކިތެއް ވަނީ އަންދާލައިފައެވެ. މިއިން އެއްވެސް ކަމަކާއި ގުޅިގެން އެއްވެސް މީހަކު އަދި މިހައި ތަނަށް ހައްޔަރުކޮށްފައެއް ނުވެއެވެ.

ސިފައިންނާއި ހަވާލާދީ މިޔަންމާގެ ނޫސްތަކުގައި ބުނެފައިވަނީ އެކަން ހުއްޓުވަން ސިފައިންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށެވެ.

ބައެއް ނޫސްތަކުގައި ބުނެފައިވަނީ މުސްލިމުންނާއި ދެކޮޅަށް ބޮޑެތި ޖަރީމާތައް ހިންގުމުގެ އިތުރު ބުރެއް ފެށެން އުޅޭކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.

އިންސާނީ ހައްޤުތަކަށާއި ޑިމޮކްރަސީއަށް ގޮވަމުން ވެރިކަމަށް އައި ދުނިޔޭގެ ޑިމޮކްރަސީގެ މަންމަ ސޫކީގެ ވެރިކަމުގައި ފެންނަމުން ދަނީ އަނިޔާވެރިކަން އިތުރުކުރަމުން ގެންދާތަނެވެ. މުޒާހަރާކުރުމާ އެއްވެ އުޅުންވެސް މަނާކުރާތަނެވެ.
މިއަދު އޮންލައިން