ޕާކިސްތާނުގެ އުތުރު ސަރަހައްދުގައި ފެންބޮޑުވެ މިސްކިތްތަކުގައި ތިބި މީހުން އޮޔާ ގެންގޮސްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ޕާކިސްތާނުގެ އުތުރު ސަރަހައްދުގައި ފެންބޮޑުވެ މިސްކިތްތަކުގައި ތިބި މީހުން އޮޔާ ގެންގޮސްފި
ޕާކިސްތާނަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގައި ޕާކިސްތާނބުގެ އުތުރު ސަރަހައްދުގައިު ބޮޑުވެ މިސްކިތުގައި ނަމާދފަށް ތިބި ބައެއް މީހުން އޮޔާ ގެންގޮސްފި ކަމަށް މައުލޫމާތު ލިބިައްޖެއެވެެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން މިހާދިސާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 60 އަށް އަރައިފައެވެ.

އަފްޣާނިސްތާނާއި އިންވެގެން އޮންނަ ޚައިބަރަށް އިއްޔެ ބޯކޮށް ވެހެން ފެށި ވާރޭ އަދިވެސް ހުއްޓައިނުލާކަމަށް ރިޕޯޓްތައް ބުނެއެވެ.

ވިއްސާރައިގެ ސަބަބުން އެންމެ ބޮޑެތި ގެއްލުންތައް ލިބިފައިވަނީ ހުޅަނގު އުތުރު ބޯޑަރުގައި އޮންނަ ޗިތްރަލްއަށެވެ. އެ ސަރަހައްދުގެ ބައެއް ގެތަކާއި މިސްކިތްތަކުގައިވެސް ފެން ބޮޑުވެ ބޮޑެތި ގެއްލުންތައް ވަނީ ލިބިފައެވެ.

އެ ސަރަހައްދުން އެކަނިވެސް 10 މީހުން މަރުވެ މިސްކިތްތަކުގައި ތިބި 21 މީހަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ، ޕާކިސްތާނުގައި މަސައްކަތްކުރާ ޗައިނާގެ 2 އިންޖިނޭރަކުވެސް ވަނީ މަރުވެފައެވެ.

ތަފްޞީލުތައް ލިބުމުން މަރުވު މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ.
މިއަދު އޮންލައިން