ފަތިސް ނަމާދަށް ދިއަ މުސްލިމް ޑޮކްޓަރަކަށް އެމެރިކާގަ ބަޑިން ހަމަލާދީފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ފަތިސް ނަމާދަށް ދިއަ މުސްލިމް ޑޮކްޓަރަކަށް އެމެރިކާގަ ބަޑިން ހަމަލާދީފި
ފަތިސް ނަމާދަށް ދިއަ މުސްލިމް ޑޮކްޓަރަކަށް ބަޑިން ހަމަލާދީފިއެވެ.

މޫނު ނިވާކޮށްގެން ތިބި ލޮލުގެ ޚާއްޞަ ޑޮކްޓަރު އަރސްލަން ތަޖައްމުލްއަށް ހަމަލާދީފައިވަނީ ރޭ ފަތިހު އެމެރިކާގ ެހައުސްޓަންގައެވެ.

އޭބީސީ ނިޔުސްގެ ގޮތްޕެއް ކަމަށްވާ ކޭޓީ އާރުކޭ އިން ބުނެފައިވަނީ ކާރު ޕާކުކުރުމަށްފަހު މަދުރަސާ އިސްލާމިއްޔާ މިސްކިތަށް ދިއުމަށް ހިނގައިގަތްތަނާ ފިލައި ތިބެފައި ދެ ވަޒަން ޑޮކްތަރުގެ ގައަށް ޖެހުމަށްފަހު އެ މީހުން ވަނީ ފައިމަގުގައި ފިލާފައި ކަމަށެވެ.

އެވަގުތު ފުލުހުންގެ ޚާއްޞަ ނަމްބަރު 911 އަށް ރިޕޯޓްކުރުމުން ފުލުހުން ސަމާލުކަން ދީފައިނުވާކަމަށާއި އައީ "މާފަހުން" ކަމަށް ރިޕޯޓްތައް ބުނެއެވެ.
އޮޕަރޭޝަނަށްފަހު ޑޮކްޓަރުގެ ފުރާނަ ސަލާމަތްކުރެވޭނެ ކަމަށް އުންމީދުކުރެވޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

މީގެ 3 ދުވަސް ކުރިން ވަނީ ފްލޮރިޑާގެ މިސްކިތެއްގެ ކުރިމަތީގައި ހުރި މުސްލިމަކަށްވެސް ވަރަށް ބޮޑަށްއަނިޔާކޮށްފައެވެ. އަނިޔާކުރަމުން ބުނެފައިވަނީ "ކަލޭމެން މުސްލިމުން" އެނބުރި ޤައުމަށް ދިއުމަށެވެ. އެ ހާދިސާގައި އަނިޔާކުރި މީހާ ވަނީ އަތުލައިގަނެފައެވެ.
މިއަދު އޮންލައިން