ވެލެންސިޔާ ބަލިކޮށް ނިއުރޭޑިއަންޓް ވެޓަރަންސް ކަޕް ކާމިޔާބު ކޮށްފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ވެލެންސިޔާ ބަލިކޮށް ނިއުރޭޑިއަންޓް ވެޓަރަންސް ކަޕް ކާމިޔާބު ކޮށްފި
ޕެނަލްޓީ ޖަހައިގެން 4-2 އިން ކްލަބު ވެލެންސިޔާ ބަލިކޮށް ނިއުރޭޑިއަންޓް އިއްޔެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މާފަންނު ޓާފް ދަނޑުގައި ކުޅުނު މިމެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ ވެލެންސިޔާއިންނެވެ. މިލަނޑު ކާމިޔާބު ކޮށްދިނީ މިޑްފީލްޑަރު އިސްމާއިލް އަނިލްއެވެ. މެޗް ނިމުމުގެ ކުރިން ނިއުއަށް އެއްވަރު ކޮށްދިނީ އަލީ ޝަމީމް (ކޮޔަރު އައްޔަ) އެވެ. ކޮޔަރު ވަނީ މުބާރާތުގައި 14 ލަނޑު ޖަހައިގެން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދާފައެވެ.

ޕެނަލްޓީ ޝޫޓްއައުޓުގައި ނިއުރޭޑިއަންޓުން ޖެހި ހަތަރު ޕެނަލްޓީ އެޓީމުން ކާމިޔާބު ކުރިއިރު ވެލެންސިޔާއަށް ކާމިޔާބު ކުރެވުނީ ދެޕެނަލްޓީ އެވެ. ވެލެންސިޔާއަށް ނާކާމިޔާބުވީ ގައުމީ ޓީމާއި ވެލެންސިޔާގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލް ޣަނީ އާއި ގައުމީ ޓީމާއި ވެލެންސިޔާގެ ކުރީގެ އިތުބާރު ޑިފެންޑަރު މުހައްމު ޖަމީލް (ޖަމްބޭ) ޖެހި ޕެނަލްޓީއެވެ. މިދެޕެނަލްޓީވެސް ނިއުގެ ކީޕަރު އިސްހާގް އީސާ (ހުރާ އިސްހާގް) ވަނީ މަތަކޮށްފައެވެ.

ހަތް ޓީމު ވާދަކުރި މިމުބާރާތުގެ ފައިނަލުން ވެލެންސިޔާ ޖާގަ ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ނިއު ވަނީ ގްރޫޕް ސްޓޭޖުގައި ވެލެންސިޔާ އަތުން ބަލިވެފައެވެ. މިމުބާރާތުގެ އެންމެ ކާމިޔާބު ކްލަބަކީ ވެލެންސިޔާއެވެ.
މިއަދު އޮންލައިން