މަސްޖިދުއްނަބަވީީ ސަރަހައްދުގަ އާއި ޤާޠިފް ގައި ދެ ގޮވުން ގޮވައިފިއެވެ.
ބައެއް ނޫސްތަކުން ބުނެފައިވަނީ މަރުވި މީހުންގެ އަދަދު 4 އަށް އަރާފއަިވާ ކަމަށާއި މަރުވެފައިވަނީ ސަލާމަތީ ބާރުތަކުގެ މީހުން ކަމަށެވެ. އަދި ގޮވާފައިވަނީ ޝަރުޢީ ކޯޓެއްގެ ކައިރީގައި ކަމަށެވެ. އަދި އެ ސަރަހައްދަކީ މަސްޖިދުއްނަބަވީ ކައިރީގައި ހުރި ސަލާމަތީ ބާރުތަކުގެ ސެކިޔުރިޓީ ޕޮއިންޓެއްގެ ކައިރި ކަމަށެވެ.
އަލްޖަޒީރާ އިން ބުނީ އެއީ ޖާނުން ފިދާވެގެން ދިން ހަމަލާއެއް ކަމަށް އެއްބައަކު ބުނާ ކަމަށާއި އަނެއްބަޔަކު އެއީ ގޭސް ސިލިންޑަރެއް ގޮވައިގެން މެދުވެރިވި ކަމެއް ކަމަށް ބުނާ ކަމަށްވެސް އަލްޖަޒީރާ އިން ބުނެއެވެ.
މިހާދިސާގައި މަސްޖިދުއްނަބަވީގައި ތިބި އެއްވެސް މީހަކަށްވެސް އަދި މިސްކިތްކޮޅުގެ ސަރަހައްދަށްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ޤާޠިފްގައި ހުރި ޝިޢީންގެ މިސްކިތެއް ކައިރީގައި މީހަކު ވަނީ ޖާނުން ފިދާވެގެން މަރުވެފައެވެ. ނަމަވެސް އެހާދިސާގައި އިތުރު މީހަކު މަރުނުވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
މަންޒަރުދުށް މީހަކު ބުނެފައިވަނީ އެމީހާ ޖާނުންފިދާވި މަންޒަރު ފެނުނު ކަމަށާއި ހަށިގަނޑުގެ ބައިތައްވެސް ފެނުނު ކަމަށެވެ.
މިސްކިތް ކައިރީގައި އޮތް ކާރު ޕާކު ކުރާ ސަރަހައްދެއްގައިވެސް އެއްޗެއް ގޮވި ކަމަށް ރިޕޯޓްތައް ބުނެއެވެ.